theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ވެރިޔަކު ހޮވުމުގެ ބަދަލުގައި މިފަހަރު ޚާދިމަކު ހޮވާ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
Mariyam Isaadha
މަރިޔަމް އިސާދާ
08 ފެބްރުއަރީ 2026
މާލެ ސިޓީ

ޒަމާނުއްސުރެ ވޯޓުން ހޮވާ މީހާގެ ނަޒަރިއްޔާތު ބަދަލުކޮށް މިފަހަރު މާލެ ސިޓީގެ މޭޔަރު ކަމަށް ރައްޔިތުންގެ ޚާދިމަކު އިންތިހާބު ކުރުމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ކައުންސިލް އިންތިހާބުގައި ނުކުންނަވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ގޮވާލައްވައިފިއެވެ.

ޒަރިޔަންދު އެކްސްގައި ކުރެއްވި ކުރު، އެހެން ނަމަވެސް މާނަފުން ޕޯސްޓެއްގައި ވިދާޅުވީ، ޒަމާނުއްސުރެ އިންތިހާބުތައް އައިސް ގޮސްވެއްޖެ ކަމަށާ ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުންގެ ކިބައިން އެދިފައިވަނީ އެމީހުންގެ ވެރިޔަކު ހޮވަން ކަމަށެވެ.

ނަމަވެސް މިފަހަރު ކައުންސިލް އިންތިހާބުގައި ވެރިޔަކު ހޮވުމުގެ ބަދަލުގައި ރައްޔިތުންގެ ޚާދިމަކު ހޮވާ ވޯޓު ދީ ހޮވާމީހާގެ ނަޒަރިއްޔާތާ ހައިސިއްތު ދައްކުވައިދިނުމުގައިވެސް ތަފާތު ދެއްކުމަށް ޒަރިޔަންދު ވަނީ ގޮވާލައްވާފައެވެ.

ޒަރިޔަންދުގެ މާނަފުން، މި ވަރުގަދަ ބަސްކޮޅުން ދޭހަ ކޮށްދެނީ އޭނާ މޭޔަރު ކަމަށް އިންތިހާބުކޮށްފިނަމަ ހުންނަވާނީ ރައްޔިތުންނާ އެންމެ ގާތުން ރައްޔިތުންގެ އަޑު އަހާނެ ޚާދިމެއްގެ ގޮތުގައި ކަންކަމެވެ.

ޒަރިޔަންދު މާލޭގެ މޭޔަރު ކަމަށް ނުކުންނަވަނީ އަމިއްލަ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. ސިޔާސީ ކުލަޔަކުން އެކަހެރިވެ މާލޭގެ މޭޔަރު ކަމަށް މިފަހަރު ނުކުންނެވި ހަމައެކަނި ބޭފުޅަކީވެސް ޒަރިޔަންދުއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved