April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ގައުމީ މިނިވަން ކެންޑިޑޭޓު ޒަރިޔަންދުގެ ކެންޑިޑޭޓު ނަމްބަރަކީ 2!!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 12, 2026, 06:13 PM
މާލެ ސިޓީ

މުޅި މާލެ ސިޓީ ރީސެޓުކޮށް ބޮޑެތި ބަދަލުތަކެއް ސިސްޓަމަށް ގެނައުމަށް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވި ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު އަށް ކައުންސިލް އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓު ނަމްބަރަކީ 2ކަމުގައި ހޮވިއްޖެއެވެ.

Advertisement


ބުރާސްފަތި ދުވަހު ނެގި މާލެ ސިޓީގެ މޭޔަރ ކެންޑިޑޭޓުންގެ ގުރުއަތުން ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުވެފައިވާ ގޮތަކީ؛ އަހްމަދު އައިހަމް (އަމިއްލަ ކެންޑިޑޭޓް)، އިސްމާއިލް ޒަރިޔަންދު (އަމިއްލަ ކެންޑިޑޭޓް)، އާދަމް އާޒިމް (އެމްޑީޕީ)، މޫސާ އަލީ ޖަލީލް (ޕީއެންސީ) އަދި އަބްދުﷲ މަހްޒޫމް މާޖިދު (އެމްޑީއޭ) އެވެ.

ޒަރިޔަންދުގެ ފަރާތުން ގުރު ނެގުމުގައި ބައިވެރިވީ ތަރުތީބުގައި އޮންނަ ގޮތުން އޭނާގެ ކެމްޕެއިން މެނޭޖަރ އަލީ ޝިއާންއެވެ.

މޭޔަރ ކެންޑިޑޭޓުންގެ ގުރުނެގުނު ތަރުތީބުން އެތުރިފައި
މޭޔަރ ކެންޑިޑޭޓުންގެ ގުރުނެގުނު ތަރުތީބުން އެތުރިފައި

ޒަރިޔަންދު ވަނީ އިންތިހާބު ކާމިޔާބުކޮށް މާލޭގައި ހުރި ބޮޑެތި މައްސަލަތަކަށް މޭޔަރުކަމުގެ ފުރަތަމަ ދުޗަހުން ފެށިގެން ހައްލު ގެންނަން މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

މާލޭގެ އިތުރުން ރަށްރަށާއި، ސިޓީތަކުގެ ކައުންސިލްތަކުގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރުތައްވެސް ވަނީ ތަރުތީބުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved