April 24, 2026
Advertisement
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރޯދައިގެ ކުރިން ރައީސް ޔާމީން މިނިވަން ކުރުމަށް މަލީހް ގޮވާލައިފި

Aishath Naja
އައިޝަތު ނަޖާ
Mar 10, 2024, 06:22 PM
މާލެ ސިޓީ

ރޯދަ މަހުގެ ފުރަތަމަ ދުވަސް ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް މުހައްމަދު މަލީހް ޖަމާލް ގޮވާލައިފިއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް އަމާޒުކުރައްވާކަން ފާހަގަކޮށްލެވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ރައީސް މިހާރު ފާދިއްޕޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރޯދަ މަހަކީ ދޮގު ހެދުމުން އެއްކިބާ ވާން ޖެހޭނެ މަހެއް ކަމަށެވެ.

މިޔަށް ރައްދު ދެއްވަމުން މަލީހް ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިން ވެވަޑައިގެންނެވި ވައުދާ އެއްގޮތައް ރައީސް ޔާމީން މިނިވަން ކުރައްވާށެވެ.

އިތުރަށް މަލީހް ވިދާޅުވީ ރައީސް މުއިއްޒު ދޮގު ހެދުން ހުއްޓާލުން އެއީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކޮށްދެއްވާނެކަމަށް ވިދާޅުވެ އައި ސަރުކާރަކުން ކުޑަމިނުން އެމަނިކުފާނަށް ލުއި ތަކެއް ނުދެވުނުތާ އެމަނިކުފާނުގެ ހައި ކޯޓްގައި އޮތް އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ތާވަލް ނުކުރައްވާ ގިނަ ދުވަސް ވާތީވެ ރައީސް ޔާމިނަށް ތާއިދު ކުރައްވާ ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved