February 21, 2026
Advertisement
India
India / ސޯޝަލް މީޑިއާ

އިންޑިއާގައި މުސްލިމުންނަށް މަގުމަތިންވެސް ރަހުމުކުޑަ ހަމަލާތައް ދެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 21, 2026, 05:15 PM
މާލެ ސިޓީ

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި މަގުމަތިން ހިނގާފައި ދިޔަ ތިން މުސްލިމަކަށް، ހިންދޫ ފިރިހެނަކު ގަސްތުގައި ގޯނާކޮށް އަނިޔާކުރި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ "އަކްޝޭ" ނަމަކަށް ކިޔާ މީހަކު އޭނާގެ ދެފުރޮޅުލީ އުޅަނދުގައި ދަނިކޮށެވެ. މަގުމަތިން ހިނގާފައި ދިޔަ މުސްލިމުންނަށް މަގުދެއްކޭނެ ފުރުސަތު އޮތް ނަމަވެސް، އޭނާ ގަސްތުގައި އެމީހުންގެ ފަހަތުން އުޅަނދު ހުއްޓުވައި ބާރަށް ހޮން އަޅަން ފެށިއެވެ. އެއަށްފަހު، އެއްވެސް ރުޅިވެރިކަމެއް ނުވަތަ ކުރިމަތިލުމެއް ނެތި، އޭނާ ވަނީ އެ ތިން މީހުންނަށް ބިރުދައްކައި ޖިސްމާނީ އަނިޔާ ކުރަން ފަށާފައެވެ.

މި ހާދިސާ ހިނގަމުން ދިޔައިރު، އަކްޝޭ ވަނީ އެ މުސްލިމުންގެ ފަހަތުން ގޮސް އާންމުންގެ ކުރިމަތީގައި އިތުރަށް ގޯނާކޮށްފައެވެ. ނަމަވެސް، އެ ތަނުގައި ތިބި އެއްވެސް މީހަކު އެމީހުންގެ ސަލާމަތަށް އައިސްފައެއް ނުވެއެވެ.

ފަހަކަށް އައިސް އިންޑިއާގައި މުސްލިމުންނާއި އެހެނިހެން މައިނޯރިޓީތަކަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިފަދަ ހާދިސާތައް އިތުރުވަމުންދާއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ތުހުމަތު ވަނީ ބޮޑުވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މޯދީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން މުސްލިމުންނަށް ކުރާ އަނިޔާތަކަށް މަގުފަހިވެ، ކުށްވެރިންނަށް ހިމާޔަތް ލިބިގެންދެއެވެ.

މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި ސަލާމަތްވުމަކީ، ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން މިފަދަ ކަންކަން ކުރުމަށް ލިބޭ ހިތްވަރެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved