March 1, 2026
Advertisement
ގަތަރަށް އިރާނުން ފޮނުވާލި މިސައިލެއް
ގަތަރަށް އިރާނުން ފޮނުވާލި މިސައިލެއް / ސޯޝަލް މީޑިއާ

އިރާނުގެ ހަމަލާގައި 16 މީހުންނަށް އަނިޔާވިކަމަށް ގަތަރުން ހާމަކޮށްފި

Yana Shareef
ޔާނާ ޝަރީފް
Mar 1, 2026, 06:15 PM

އީރާނުގެ ހަމަލާގެ ސަބަބުން އިތުރު އަށް މީހަކަށް އަނިޔާވެ، ޒަހަމްވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައިވާ ކަމަށް ގަތަރުގެ އިންޓީރިއާ މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

Advertisement

އީރާނުން މި ހަމަލާތައް ދޭން ފެށީ އިސްރާއީލާއި އެމެރިކާއިން ގުޅިގެން އީރާނަށް ހަމަލާ ދިނުމުންނެވެ. މިއާއެކު މެދުއިރުމަތީގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ބަދަލުގެ ހަމަލާ އަމާޒުކުރަމުންދާއިރު، މުޅި އެ ސަރަހައްދުގައި މިހާރު ވަނީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އުފެދިފައެވެ.

ކުވައިޓު، ބަހްރޭން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އަބޫ ދާބީ އަދި ސައުދި އަރަބިއްޔާގެ ރިއާދުގައި ވަނީ ހަމަލާގެ އަޑުތައް އިވިފައެވެ. އީރާނުން ވަނީ އިސްރާއީލަށް ވެސް ހަމަލާތައް ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved