March 12, 2026
Advertisement
-
- / ސީ.އެން.އެން

މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތައް ހުސްވުމުގެ މަޝްވަރާތައް އެމެރިކާއިން ފަށައިފި ކަމަށް އާރްޓީ އިން ރިޕޯޓްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 12, 2026, 02:26 PM
މާލެ ސިޓީ

މެދުއިރުމަތީގެ އެކި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް (ބޭސްތައް) ހުސްކޮށް، އެ ސަރަހައްދުން ފޭބުމާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން މަޝްވަރާކުރަން ފަށާފައިވާ ކަމަށް އާރްޓީ އިން ރިޕޯޓްކޮށްފިއެވެ.

Advertisement

މި މަޝްވަރާތައް ފަށާފައިވަނީ މެދުއިރުމަތީގައި އިރާނުގެ އަސްކަރީ ބާރު ގަދަވެ، އެމެރިކާގެ ސިފައިންނަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޚަބަރުތައް ބުނާގޮތުން އެމެރިކާއިން މިހާރު އުޅެނީ އިރާނުން ދީފާނެ ވަރުގަދަ ހަމަލާއަކަށް ނުހަނު ބިރުންނެވެ. ޚާއްސަކޮށް، އިރާނުގެ ތާއީދު އޮންނަ ޖަމާއަތްތަކުން އެމެރިކާގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ނުތަނަވަސްކަން އުފެދިފައިވަނީ އެމެރިކާއާއި އިޒްރޭލުން ގުޅިގެން މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުންނެވެ. އިޒްރޭލުން އިރާނާއި ދެކޮޅަށް ފެށި މި އުދުވާނުގައި އިރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ.

އިރާނުގެ މި ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި އެމެރިކާގެ އަސްކަރީ ބާރު ކުޑަވެ، ސިފައިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް އޮފިޝަލުން މިހާރު ގަބޫލުކުރަނީ މެދުއިރުމަތީގެ ބޭސްތައް ހުސްކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ. މި މަޝްވަރާތަކަކީ އިރާނުގެ އަސްކަރީ ގާބިލުކަމާ މެދު އެމެރިކާއިން ޖެހިލުންވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިޒްރޭލުގެ އުދުވާނަށް ހިތްވަރުދީ، މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މުޅި ސަރަހައްދުގައި އެމެރިކާއާ ދެކޮޅު ރޫހެއް ވަނީ އުފެދިފައެވެ. އަދި އިރާނުން މި ހަނގުރާމައިގައި ދައްކަމުންދާ ސާބިތުކަމުގެ ސަބަބުން އެމެރިކާއަށް ވަނީ އެ ސަރަހައްދުގައި ކުރިއަށް އޮތް ތަނުގައި ދެމިއޮތުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved