March 21, 2026
Advertisement
ރާއްޖެއާ 700 މޭލު ދުރަށް އިރާނުގެ ހަމަލާއެއް!
ރާއްޖެއާ 700 މޭލު ދުރަށް އިރާނުގެ ހަމަލާއެއް! / ސޯޝަލް މީޑިއާ

ރާއްޖެއާ 700 މޭލު ދުރަށް އިރާނުގެ ހަމަލާއެއް!

Mar 21, 2026, 05:54 PM
މާލެ ސިޓީ

މެދު އިރުމަތީގައި ހިނގަމުން އަންނަ ވަރުގަދަ ހަނގުރާމައިގެ ތެރެއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް އިރާނުގެ މިސައިލު ހަމަލާއެއް އަމާޒުވެއްޖެއެވެ.

Advertisement

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ހަމަލާ އަމާޒުކޮށްފައިވަނީ ރާއްޖެއާ 700 މޭލު ދުރުގައި އޮންނަ ފެހެންދީބު އަތޮޅުގައި ހިމެނޭ ޑިއެގޯ ގާސިއާއަށެވެ. އެތަނަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް އިނގިރޭސިން އެމެރިކާއަށް ކުއްޔަށް ދީފައިވާ ތަނެކެވެ.

އީރާނާ ގާތްގަނޑަކަށް 2،500 މޭލު (4،000 ކިލޯމީޓަރު) ދުރުގައި އޮންނަ ޑިއޭގޯ ގާސީއާއަށް އީރާނުން ދެ މިސައިލެއް އަމާޒުކުރި ނަމަވެސް ހަމަލާއެއް ކާމިޔާބުވެފައިނުވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.  އެގޮތުން އެއް މިސައިލް ވައިގެ ތެރޭ މައްސަލައެއް ދިމާވެ ވެއްޓުނުއިރު، އެމެރިކާގެ މަނަވަރަކުން ވަނީ އަނެއް މިސައިލް ހުއްޓުވައިފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހަަމަލާ ދިނީ ސީދާ ކޮން ވަގުތަކުކަން ހާމަޮށްފައިނުވާއިރު އެމެރިކާ އަދި އިރާނުންވެސް މިކަމާ ގުޅިގެން އެއްޗެއް ހާމަކޮށްފައިނުވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣުޗީ މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، އެ ގައުމުގެ މިސައިލްތަކަށް 2000 ކިލޯމީީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭނެއެވެ. ނަމަވެސް އެއަށް ވުރެ ދުރުގައި އޮންނަ ޑިއޭގޯ ގާސިއާއަށް ހަމަލާ ދޭން މަސައްކަތްކުރުމަކީ، އީރާނުން ހަނގުރާމަ ފުޅާ ކުރަމުންދާ ކަމުގެ ވަރުގަދަ މެސެޖެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved