March 13, 2026
Advertisement
ގާނޫނު އަސާސީ އޮޅާލަން މުއިއްޒަށް ފުރުސަތު ނުދެއްވާ: މަލީހު
ގާނޫނު އަސާސީ އޮޅާލަން މުއިއްޒަށް ފުރުސަތު ނުދެއްވާ: މަލީހު / ރައީސް އޮފިސް

ގާނޫނު އަސާސީ އޮޅާލަން މުއިއްޒަށް ފުރުސަތު ނުދެއްވާ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 12, 2026, 03:43 PM
މާލެ ސިޓީ

ގާނޫނު އަސާސީއަށް ހިތުހުރި ބަދަލެއް ގެންނަން ރައީސް މުހައްމަދު މުއިއްޒަށް ފުރުސަތު ދިވެހި ރައްޔިތުން ނުދިނުމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެވެ.

Advertisement

މަލީހު މިފަދައިން ގޮވާލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެޕްރިލު ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގެ ތެރެއިން ސަރުކާރުން ނަގަން ނިންމާފައިވާ ރިފަރެންޑަމް ވޯޓުގެ ކަންކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ދެ އިންތިހާބު އެއްކުރުމާ އޭނާ ދެކޮޅު ކަމަށާ އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ބޭނުންވާހާ ސަކަރާތެއް ޖަހަން ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކާ މެދު ނުރުހުން ފާޅުކުރައްވަމުން މަލީހު މަޖާޒީ ގޮތަކަށް ވިދާޅުވެފައިވަނީ ގާނޫނު އަސާސީ އޮޅާލަން ރައީސް މުއިއްޒަށް ފުރުސަތު ދީގެން ނުވާނެ ކަމަށާ ރައީސް މުއިއްޒުގެ ކޮރަޕްޝަނާ ޚުދުމުހުތާރުކަން އެހެން ލެވެލްއަކަށް ގެންދަން ވެސް ޖާގަ ނުދިނުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިލައްވާ ކަމަށެވެ.

މަލީހު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާޞު އެއްކޮށްލުމަށް ތާއީދު ކުރަނީ ރައީސް މުއިއްޒު އެކަނި ކަމަށެވެ. އެއީ ރައީސް މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ދައުރު ދަންމާލަން ޖައްސަވާ މަޅިއެއްގެ ގޮތުގައި ސިފަކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާ ވިޔަފާރިވެރިންވެސް އެކަމަށް ތާއީދުކުރާ ކަމަށް ބުނަނީ ނުފޫޒުގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެން ކަމަށެވެ. އެހެން އެ ބޭފުޅުން ވިދާޅުވި ނަމަވެސް އެބޭފުޅުން އެތެރފުށުން އެކަމާ ދެކޮޅު ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހުގެ މިފަދަ ބަސްތަކެއް ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ވިދާޅުވެފައިވާއިރު އެ ވޯޓަކީ ރައީސް މުއިއްޒު ވެރިކަމުގެ ބާރުތައް މުށުތެރެއަށް އިތުރަށްލާ ބާރުކުރުމަށް ކޮށާ މަގެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved