March 11, 2026
Advertisement
ލަޓަމް އެއާލައިންސް
ލަޓަމް އެއާލައިންސް / އޭޕީ

މަތިންދާބޯޓު ކުއްލިއަކަށް ވެއްޓުނު ހާދިސާގައި ގިނަބަޔަކަށް އަނިޔާވެއްޖެ

Azzama
އައްޒާމާ
Mar 12, 2024, 10:17 PM

ހޯމަ ދުވަހު ލަޓަމް އެއާލައިންސްގެ ފްލައިޓެއްގައި ހިނގި ހާދިސާއެއްގައި 50 ފަސިންޖަރުންނަށް އަނިޔާވެފައިވާ ކަމަށް ނިއުޒީލެންޑް ހެރަލްޑުން ރިޕޯޓްކޮށްފައިވެއެވެ.

Advertisement

ސިޑްނީ އިން އޯކްލެންޑަށް ދަތުރުކުރި ބޮއިންގް 787 ޑްރީމްލައިނާ އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ޖެޓް ކުއްލިއަކަށް ވެއްޓުނު ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ބިޒްނަސް އިންސައިޑާއާ ހިއްސާކުރި ބަޔާނެއްގައި ލަތަމް އެއާލައިންސް އިން ބުނީ "ފްލައިޓް ތެރޭގައި ޓެކްނިކަލް އިވެންޓެއް ހިނގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފްލައިޓް 'ވަރުގަދައަށް' ތެޅިގަތް" ކަމަށެވެ.

ކުރިން ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި އުޅުނު ފަސިންޖަރަކު ހެރަލްޑް އަށް ބުނީ މިއީ އެފަދަ އިވެންޓެއް ތަޖުރިބާ ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އޭނާ ބުނީ "ވަރަށް ހަލުވިކޮށް ވެއްޓުނު" ކަމަށާ "މުޅި ބޯޓު ގަނޑުވި ހެން ހީވި" ކަމަށެވެ.

އެ އައުޓްލެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓު ޖެއްސުމަށް ފަހު ހަތް އެމްބިއުލާންސާއި އިތުރު ހަތަރު އިމަޖެންސީ ވެހިކަލް އޯކްލެންޑް އެއާޕޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ލަތަމްގެ ބަޔާނުގައި ބުނެފައިވަނީ 10 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

ނަމަވެސް، އެމްބިއުލާންސް ސާވިސް އިން ހެރަލްޑް އަށް ބުނީ 50 މީހަކަށް ފަރުވާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން 12 މީހަކު ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ. އިތުރަށް ބުނެފައިވަނީ އެކަކުގެ ހާލު ސީރިއަސް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved