March 11, 2026
Advertisement
އެންޑްރޫ ޓޭޓް އަންގާރަދުވަހު ހައްޔަރު ކުރަނީ
އެންޑްރޫ ޓޭޓް އަންގާރަދުވަހު ހައްޔަރު ކުރަނީ / ގެޓީ އިމޭޖަސް

އިންފްލުއެންސާ އެންޑްރޫ ޓޭޓް ހައްޔަރުކޮށްފި

Azzama
އައްޒާމާ
Mar 13, 2024, 04:37 AM

އަނެއްކާވެސް މަޝްހޫރު އިންފްލުއެންސާ އަދި ކުރީގެ ކިކްބޮކްސާ އެންޑްރޫ ޓޭޓްއާ އޭނާގެ ބޭބެ ޓްރިސްޓަން ޓޭޓް ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

Advertisement

އެންޑްރޫ ޓޭޓް އާއި އޭނާގެ ބޭބެ ޓްރިސްޓަން ޓޭޓް އަށް 2022 ވަނަ އަހަރު ރޮމޭނިއާގައި ހިއުމަން ޓްރެފިކިން ދައުވާ އުފުލާފައި ވެއެވެ.

އެމީހުން މި ހަފްތާގައި ބަންދުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އެދިގެން ހައްޔަރު ކުރުމުގެ އަމުރެއްގެ ދަށުން ކަމަށް އެދެބެންގެ ތަރުޖަމާނަކު ބުނި އިރު، މި އަމުރުގައި އެމީހުން ޖިންސީ އަނިޔާގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ރޫމިނިއާގެ ޕްރޮސެކިއުޓަރުން ވަނީ މިދިޔަ ޖޫން މަހު ޓޭޓް އާއި އޭނާގެ ބޭބެގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

ދައުވާގެ ބައެއް ތަފްސީލުތައް ސިއްރުކޮށްފައިވީ ނަމަވެސް މިދިޔަ ޖޫން މަހު ޕްރޮސެކިއުޓާ އޮފީހުގެ އޮފިޝަލަކު ވަނީ އެންޑްރޫ ޓޭޓްގެ މައްޗަށް ރޭޕްގެ ދައުވާއެއް އުފުލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

އެ ދެބެއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެމީހުންގެ މުއްސަނދިކަމުން އެމީހުންނަށް އަމާޒުވެފައިވާ ތުހުމަތު ތަކެއް ކަމަށް ބުނެފަ އެވެ.  "އަހަންނަށް ޔަގީން އާޚިރުގައި އަހަރެމެން މުޅިން ބަރީއަވާނެކަން،" މިދިޔަ އޮގަސްޓް މަހު ގޭބަންދުން ދޫކޮށްލުމަށް ކޯޓަކުން އަމުރު ކުރުމުން އެންޑްރޫ ޓޭޓް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުންޏެވެ.

އޭގެ ފަހުން ޝަރީއަތް ހިންގުމަށް އަމުރު ކުރުމުގެ ކުރިން ދައުވާ ބެލުމުގެ މަރުހަލާ ނިމެންދެން ރޮމޭނިއާގައި މަޑުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ހޯމަ ދުވަހުގެ ރޭ އިނގިރޭސި ކަމާބެހޭ ފަރާތްތަކުން ނެރުނު އާ އަމުރެއްގެ ދަށުން އަނެއްކާވެސް ޓޭޓް އާއި އޭނާގެ ބޭބެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ޓޭޓްގެ ތަރުޖަމާނަކު ވި

ދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved