March 11, 2026
Advertisement
އަގްސާއަށް ވަނުން މަނާ ކުރުމުން އެ މިސްކިތް ކައިރީގައި ނަމާދުކުރަނީ
އަގްސާއަށް ވަނުން މަނާ ކުރުމުން އެ މިސްކިތް ކައިރީގައި ނަމާދުކުރަނީ / ގެޓީ އިމޭޖަސް

ރަމަޟާންމަހު އަގްސާއަށް ވަދެވޭނީ މުސްކުޅިންނާއި ކުޑަކުދިން ކަމަށް ކަނޑައަޅައިފި

Azzama
އައްޒާމާ
Mar 13, 2024, 04:27 PM

ގުދުސްއަށް ވެރިވެގެންފައިވާ ހައްދުފަހަނައެޅި އިސްރާއީލުން އަންގާރަ ދުވަހު އިއުލާން ކުރި ގޮތުގައި މުސްލިމުންގެ އެންމެ މުގައްދަސް ތިންވަނަ މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާއަށް ނަމާދު ކުރުމަށް ގުދުސްއަށް ވަނުމުގެ ހުއްދަ ލިބޭނީ ހަމައެކަނި ހުޅަނގު އައްސޭރީގެ ފަލަސްތީނުގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމަށެވެ.

Advertisement

ހޯމަ ދުވަހު އިއުލާންކުރި ގަވާއިދުގެ ދަށުން ހުޅަނގު އައްސޭރީގެ ފަލަސްތީނުގެ ރައްޔިތުން ހުކުރު ނަމާދު ކުރުމަށް ކޮމްޕައުންޑަށް ވަނުން ވަދެވޭނީ 55 އަހަރުން މަތީގެ ފިރިހެނުންނާއި 50 އަހަރުން މަތީގެ އަންހެނުންނާއި 10 އަހަރުން ދަށުގެ ކުދިންނަށް ކަމަށް ކޮގަޓްގެ ވެރިޔާ ޣައްސާން އެލިއަން ފޭސްބުކްގައި އަރަބި ބަހުން ކުރި ޕޯސްޓެއްގައި ބުނެފި އެވެ.

އަޅުކަންކުރާ މީހުންނަށް ކޮގަޓްގެ ސައްހަ ހުއްދައެއް ބޭނުންވާނެ، ސެކިއުރިޓީ އެޕްރޫވަލް އަށް ރިއާޔަތްކޮށް، ހާލަތާއި އެހެނިހެން ކަންކަމުގެ އެސެސްމަންޓްތަކަށް ބަދަލުތަކެއް އަތުވެދާނެ އެވެ.

ހުޅަނގު އައްސޭރީގެ ފަލަސްތީނުގެ ރައްޔިތުންނަށް ރޯދަމަހު އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު ގުދުސްއަށް ޒިޔާރަތް ކުރެވޭތޯ ކޮގަޓް އިން ބުނެފައެއް ނުވެއެވެ.

ކުރީ އަހަރުތަކާ ހިލާފަށް ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުންނަށް އަލްއަޤްސާ މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދައެއް ނުދޭން ޔަހޫދީން ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved