March 18, 2026
Advertisement
ބާރުތައް ޖަމާކުރަން މުއިއްޒު ވަނީ ފެން ބޮވައިގެންފައި: މަލީހު
ބާރުތައް ޖަމާކުރަން މުއިއްޒު ވަނީ ފެން ބޮވައިގެންފައި: މަލީހު / މިހާރު

ބާރުތައް ޖަމާކުރަން މުއިއްޒު ވަނީ ފެން ބޮވައިގެންފައި: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 18, 2026, 04:17 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ބާރުތައް މުށުތެރެއަށް ޖަމާކުރަން ކެތްމަދުވެ ފެންބޮވައިގަނެފައި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާޅު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވެފައިވާ ގޮތުގައި، ބާރުތައް ޖަމާކުރަން ރައީސް މުއިއްޒު ވަނީ ކެތްމަދުވެ ފެން ބޮވައިގެންފައި ކަމަށާ އެކަން އެމަނިކުފާނަށް ކާމިޔާބު ވިޔަ ނުދިނުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުން އަތްމަތީގައި ކަމަށެވެ.

އެގޮތުން އެޕްރިލް ހަތަރު ވަނަ ދުވަހުގައި ބާއްވާ ރެފްރަންޑަމް ވޯޓުގައި މައި ދެ އިންތިޚާބު އެއްކުރަން ނޫނެކޭ ބުނަންޖެހޭ ކަމަށް މަލީހު ވިދާޅުވެފައިވެއެވެ. އެއީ އަނެއްކާވެސް ޚުދުމުހުތާރު ވެރިކަމަކަށް ޖާގަ ނުދިނުމުގެ ގޮތުން ކުރަން މަޖްބޫރުކަމެއް ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ދެ އިންތިހާބު އެއްކޮށްލުމުގެ ބޭނުމަކީ ރައީސް ހަދާ ގޯހަށް ފާރަވެރިވާނެ މަޖިލީހެއް ހޮވުމުގެ ފުރުސަތު ރައްޔިތުންގެ ކިބައިން ނިގުޅައިގަނެ، ހުރިހާ ބާރެއް ރައީސް މީހާގެ މުށުތެރެއަށް ލުން ކަމަށް ސިޔާސީ މުހައްލިލުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved