
އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ރޯވެ އަނދަން ފަށައިފިއެވެ.
ރޯވެ އަނދަމުންދަނީ ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ގުދަނެއްގައެވެ. އެއީ މ. ކައިރުގޭގައި ހުރި ޕްރައިމް އެއް ނަމްބަރު ގުދަނެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ތަނަކީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެވެ. އީސީން ބުނީ އެތަނުގައި ރޯވެ އަނދަމުންދާތީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތަށް މެދުކަނޑާލާފައިވާކަމަށެވެ.




