May 1, 2026
Advertisement
ސަރުކާރުގެ ބައެއް މަގާމުތަކެއް އަނެއްކާވެސް ބަދަލުތަކެއް!
ސަރުކާރުގެ ބައެއް މަގާމުތަކެއް އަނެއްކާވެސް ބަދަލުތަކެއް! / ސޯޝަލް މީޑިއާ

ސަރުކާރުގެ ބައެއް މަގާމުތަކެއް އަނެއްކާވެސް ބަދަލުތަކެއް!

May 1, 2026, 01:11 AM
މާލެ ސިޓީ

ސަރުކާރުގެ ތެެރއިން އިސް ފަނޑީގެ ބައެއް މަގާމުތަކަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސްފިއެވެ.

Advertisement

އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކަށް ފާހަގަ ކުރެވޭ ފަދަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ގެނައި ބަދަލުތަކަށް ބަލާއިރު، ޕީސީބީގެ ރައީސްގެ މަގާމުން، ގއ.ދެއްވަދޫ ދޭލިޔާގެ، މުހައްމަދު އަނަސް އިސްތިއުފާ ދިނުމުން އެ މަގާމަށް މއ.ޔެލޯބެލް، މުހައްމަދު ނިޒާރު ވަނީ އައްޔަނުކޮށްފައެވެ. ހަމައެހެންމެ އަނަަސް ބީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމުން އޭނާ ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް އައްޔަނުކޮށްފައެވެ.

މީގެ އިތުރުން މޯލިޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން މިއަދު އިސްތިއުފާ ދެއްވުމާ އެކު އެ ކުންފުނީގައި ދެން ހުންނާނީ އެންމެ ޑީއެމްޑީއެކެވެ. އެއީ، މުޖުތަބާ ލަތީފެވެ.

މިފަދަ ބަދަލުތަކެއް ސަރުކާރުގެ މަގާމުތަކަކަށް އައިސްފައިވާއިރު، އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާ އ.ތ.ކ ގެ އިންތިޚާބުގެ އިތުރުން ރެފރަންޑަމް ވޯޓަށް ފަހު ސަރުކާރު ކުންފުނިތަކަށް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އޭގެ ތެރޭގައި މިފްކޯ، އެމްޕީއެލް، ފެނަކަ އަދި އެމްޑަބްލިއުއެސްސީ ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved