February 26, 2026
Advertisement
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް، އީޔޫގެ ވަފުދާއިއެކު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް، އީޔޫގެ ވަފުދާއިއެކު / އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިޚާބު އޮމާންކަމާއި އެކު ނިންމާލުމުން އީޔޫގެ ތައުރީފު އީސީއަށް

Faina Faiz
ފައިނާ ފާއިޒް
Jan 10, 2024, 07:28 AM
މާލެ ސިޓީ

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތަށް ޔޫރަޕިއަން ޔޫނިއަން- އީޔޫއިން އިލެކްޝަންސް ކޮމިޝަން އީސީއަށް ތައުރީފްކޮށްފިއެވެ.

Advertisement

ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަމާލުކަމެއްދިން އިންތިޚާބެކެެވެ. އީޔޫއިން އެ ޔޫނިއަންއަށް ފާހަގަކުރެވޭ މުހިންމު ކަންކަން ހިމެނޭ ރިޕޯޓު ހުށަހަޅުއްވަމުން ޔޫނިއަންގެ އިލެކްޝަންސް އޮބްޒަރވޭޝަން މިޝަންގެ ޗީފް އޮބްޒަވަރ ނަޗޯ ސަންޗޭޒް ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށް ވިދާޅުވެ އީސީއަށް ތައުރީފްކޮށްފައިއެވެ.

އިންތިޚާބު ތެރޭގައި އީސީއިން މަދު ބޭފުޅުންކޮޅެއް މަސައްކަތްކުރެއްވި ކަމުގައި ވީނަމަވެސް އިންތިޚާބު ނިމިގެން ދިޔައީ ވަރަށް ފުރިހަކަމާއި އެކުގައި ކަމަށް ސަންޗޭޒު ވިދާޅުވިއެވެ.

އިންތިހާބުގެ ދުވަސްވަރު ރާއްޖޭގެ މާހައުލު އޮތީ ވަރަށް މަޑުމައިތިރިކޮށްކަމަށާއި ވޯޓަށް ފަހު ވޯޓުގުނުމުގެ މަރުހަލާވެސް ކުރިއަށް ދިޔައީ ހަމަ އެހާމެ ފުރިހަމަކޮށްކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ކުރިއަށް އޮތް އިންތިޚާބުތަށް މިއަށްވުރެ ފުރިހަމައަށް ގެންދިއުމަށްޓަކާ އީޔޫގެ ރިޕޯޓުގައި ވަނީ 20 ކަމެއް ހިމަނާފައިއެވެ.

އެކަންތައްތަކުގެ ތެރޭގައި ވޯޓު ގަތުން ހުއްޓުވުމަށް ސިވިކް އަދި ވޯޓަރ އެޑިޔުކޭޝަން ހަރުދަނާކުރުމާއި، ކެމްޕެއިން ފައިނޭންސްގެ ޤަވާޢިދުތަކަށް އިސްލާހުގެނެސް، ޤަވާޢިދުތައް ތަންފީޒްކުރުން އިތުރަށް ހަރުދަނާކުުރުން ވަނީ ހިމަނާފާއިއެވެ.

މީގެ އިތުރުން އިންތިޚާބީ ކެމްޕެއިންތަކުގައި ދައުލަތުގެ މުދާ ޚަރަދުކުރުން ހުއްޓުވުމަށްވެސް މި ރިޕޯޓުގައި ވަނީ ލަފާދީފައިއެވެ.

ދިވެހި ދައުލަތުން ދިން ދައުވަތަކަށް، ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށްޓަކައި، އީޔޫގެ ވަފުދެއް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 13 އިން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved