March 21, 2026
Advertisement
ފުލުހުންގެ ހާޒިރުގައި އިދިކޮޅުގެ ކެމްޕެއިން ބެނަރތަކަށް އަނެއްކާވެސް ގެއްލުން ދީފި
ފުލުހުންގެ ހާޒިރުގައި އިދިކޮޅުގެ ކެމްޕެއިން ބެނަރތަކަށް އަނެއްކާވެސް ގެއްލުން ދީފި / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

ފުލުހުންގެ ހާޒިރުގައި އިދިކޮޅުގެ ކެމްޕެއިން ބެނަރތަކަށް އަނެއްކާވެސް ގެއްލުން ދީފި

Mar 21, 2026, 01:32 PM
މާލެ ސިޓީ

ކައުންސިލް އިންތިހާބަށް ފޯރީގައި ކުރަމުންދާ ކެމްެޕެއިންގައި މާލޭގެ ސަރަހައްދެއްގައި އިދިކޮޅު އެމްޑީއޭއިން ދަމާފައިހުރި ބައެއް ބެނަރ ތަކަށް ގެއްލުން ދީފިއެވެ.

Advertisement

މިފަހަރު ގެއްލުން ދިނީ މާލޭގެ މޭޔަރު ކަމަށް އެމްޑީއޭގެ ފަރާތުން ނުކުންނަ ކެންޑިޑޭޓު މުހައްމަދު މަހްޒޫމް މާޖިދުގެ ކެމްޕެއިން ބެނަރތަކަކަށް ކަން ހާމަވެފައިވެއެވެ. އަދި ބެނަރތަކަށް ގެއްލުން ދިނީ ފުލުހުންގެ ހާޒިރުގައި ކަން މީސް މީޑީޔާގައި ދައުރުވަމުންދާ ވީޑިއޯއިން ހާމަވެއެވެ.

މަހްޒޫމު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ،  ބެނަރތަކަކީ ގައިޑްލައިންތަކާ އެއްގޮތަށް ދަމާފައިހުރި ބެނަރތަކެއް ކަމަށެވެ. ފުލުހުންވެސް އެ ބެނަރތައް ނުނަގާނެ ކަމަށާ އެހެންކަމުން އޮފިޝަލް ކެމްޕެއިނަކަށް ހުރަސް އަޅާ އާންމު ރައްޔިތެއްގެ މުދަލަށް ގެއްލުންދީ ހަލާކުކުރުމުގެ ހުއްދަ އެކަން ކުރި ބަޔަކަށް ދިނިީ ކާކުކަމާ މެދު މަހްޒޫމު ސުވާލު އުފައްދާފައިވެއެވެ.

މަހްޒޫމު ހިއްސާކޮށްފައިވާ ވީީޑިއޯއިން ފެންނަ ގޮތުގައި  ބެނަރތައް ކަނޑަން ކުލަ ހެދުމުގައި ތިބި ތިން ފިރިހެނަކު ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އެއީ އެޗްޑީސީގެ މުވައްޒަފުން ކަމަށް ޕޯސްޓުގައި ހުރި ކޮމެންޓުތަކުން  ބެލެވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއްވެސް އަދި އެޗްޑީސީގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

އެޗްޑީސީގެ މުވައްޒަފުން މެދުވެރިކޮށް މީގެ ކުރިންވެސް ސަރުކާރުން ވަނީ އިދިކޮޅު ބައެއް މޭޔަރަލް ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރުތަކެއްވެސް ހުޅުމާލެއިން ނަގާފައެވެ. މިއީ ދައުލަތުގެ މުވައްޒަފުންގެ ބޭނުން ނަހަމަ ގޮތުގައި ކެމްޕެއިންނަށް ނުފޫޒު ފޯރުވުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved