March 21, 2026
Advertisement
ގައުމު މިދަނީ މޮޔަ މާލިމީއަކާ އެކު ބޮޑު ތަދާ ދިމާއަށް: މަލީހު
ގައުމު މިދަނީ މޮޔަ މާލިމީއަކާ އެކު ބޮޑު ތަދާ ދިމާއަށް: މަލީހު / ސަން އޮންލައިން

ގައުމު މިދަނީ މޮޔަ މާލިމީއަކާ އެކު ބޮޑު ތަދާ ދިމާއަށް: މަލީހު

Mar 21, 2026, 01:00 PM
މާލެ ސިޓީ

ދިވެހިރާއްޖެ މިހާރު ދަނި އެއްވެސް ކަމެއް ނުދަންނަ މާލިމީއަކާ އެކު ބޮޑު ތަދާ ދިމާއަށް މިސްރާބުޖަހަމުން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެެނރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން އާންމު ރައްޔިތަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ހިއްސާ ކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އެ އާންމު ރައްޔިތު މީހާވަނީ އޭނާގެ ދޯންޏަށް ތެޔޮ އަޅަން ކޫއްޑޫއަށް ގުޅާލުމުން ކޫއްޑޫގެ ތެޔޮ ނެތް ކަމަށާ ތެޔޮ ހުރީ ހުސްވެފައި ކަމަށް ބުނި ކަމަށް ހާމަކޮށްފައެވެ. ނަމަވެސް ހަމައެއާ އެކު ކޫޢްޑޫގައި ސަރުކާރުގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑީވްސް (އެފްއެސްއެފް)ގެ ތެޔޮ 28 ރުފިޔާއަށް ލިބެން ހުރިކަމަށް ބުނިކަމަށްވެސް ހާމަކޮށްފައިވެއެވެ.

އެމީހާ ވަނީ ކޫއްޑޫގައި ކުރިން ވެސް މިހާރުވެސް ތެޔޮ އަޅަން ހުންނަނީ އެފްއެސްއެމްގެ އެ ޝެޑްކަން ހާމަކޮށް އެއީ ސަރުކާރުން އޮޅުވާލަން ކުރި މަސައްކަތެއްގެ ގޮތުގައި ސިފަކޮށް ސަރުކާރާ ޕީއެންސީއަށް އަމާޒުކޮށް ފާޑުކިޔާފައެވެ.

މިކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ގައުމު މިއަދު ތަޖުރިބާ ކުރަމުން ދަނީ މޮޔަ މާލިމީއެއްގެ އަތްދަށުވެ ބޮޑުތަދަކާ ދިމާއަށް ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިގްތިސޯދު ބޮޑު އަނދަވަޅެއްގައި އޮއްވާ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިތުރަށް އިގްތިސޯދު ހީނަރުވެފައިވީ ނަމަވެސް ސަރުކާރުން ކައުންސިލް އިންތިހާބާ ދިމާކޮށް އެކަން ވަންހަނާކޮށް ރައްޔިތުންނަށސް ކަންކަން ސިއްރުކުރަމުންދާ ކަމަށް ތުހުމަތުތައް އަމާޒުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved