March 26, 2026
Advertisement
ޗާގޯސް ހޯދުމުގެ ނަމުގައި މި ސަރުކާރުން ހިނގަން އިޚުތިޔާރު ކުރީވެސް ގޯސް މަގު: ރައީސް ޔާމީން
ޗާގޯސް ހޯދުމުގެ ނަމުގައި މި ސަރުކާރުން ހިނގަން އިޚުތިޔާރު ކުރީވެސް ގޯސް މަގު: ރައީސް ޔާމީން / ސޯޝަލް މީޑިއާ

ޗާގޯސް ހޯދުމުގެ ނަމުގައި މި ސަރުކާރުން ހިނގަން އިޚުތިޔާރު ކުރީވެސް ގޯސް މަގު: ރައީސް ޔާމީން

Mar 25, 2026, 07:40 PM
މާލެ ސިޓީ

 ޗާގޯސް ހޯދުމަށް ސަރުކާރުން މަސައްކަތްކުރާކަން ދެއްކުމަށް ރައީސް މުހައްމަދު މުއިއްޒު މަސައްކަތްކުރައްވާކަން ދެއްކުމަށް ޚިޔާރު ކުރެއްވި މަގަކީ އެކަމުގައި ވެސް އޮތް ގޯސް މަގުކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީސް ޖަލްސާއެއްގައި ދެއްކެވި ވާހަކައެއްގެ ތެރެއިންނެވެ.

އެގޮތުން ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރުވެސް ޗާގޯސްގެ ކަންކަން ހައްލު ކުރަން އެއްވެސް މަސައްކަތެއް ސަރުކާރުން ނުކޮށް ތިބިކަމަށް ތުހުމަތު ކުރައްވާ އެމަނިކުފާނު ވިދާޅުވީ ކުރިހާ ވެސް ކަމަކީ ނާގާބިލު ބަޔަކު ލައިގެން ކޮމިޝަނެއް އުފެއްދުން ކަމަށާ އޭގެ ފަހުންވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިބެ އަނެއްކާވެސް ކޮމިޝަނެއް ހަދަން އުޅޭކަން އިއުލާން ކުރުމުން ޗާގޯސް މައްސަލައިގައި ވެރިންގެ ހެޔޮ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް އިބްރާހިމު މުހައްމަދު ސޯލިހު މިރިޝަސްގެ ރައީސަށް ފޮނުވި ސިޓީގެ ކޮޕީ ދައްކާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައުމަށް ފަހު ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ސިޓީ ވެސް ނުދައްކާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިހާރު ޗާގޯހުގެ ވާހަކަ ރައީސް މުއިއްޒު ދައްކަވަނީ އިންތިހާބެއް ބޯމަތިވެފައި އޮތުމުން ރައްޔިތުންގެ ރުހުމާ ތާއީދު ހޯދުމަށް ކަމަށާ އިންތިހާބު ނިމުމަކާ އެކު އަނެއްކާވެސް އެ ވާހަކަ ހިނދިގެން ދާނެ ކަމަށެވެ.

ހަމައެހެންމެ ޗާގޯހުގެ މައްސަލައިގައި މި ސަރުކާރުން މަސައްކަތްކުރާކަން ދެއްކުމަށް ވެސް ޚިޔާރުކުރީ ކަމުގައި އޮތް ގޯސް މަގު ކަމަށާ އަސްލު އަނެއްކާވެސް މައްސަލަ ވައްދަން ޖެހޭނީ އިޓްލޮސްއަށް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ގައުމުގެ ކަންކަމުގައި ބޮޑެތި އޮޅުވާލުން އޮޅުވާލާ ކަންކަން ސިއްރުކުރަމުން ކަމަށެވެ،  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved