May 10, 2026
Advertisement
ދިވެހި ސަރުކާރާ މަޝްވަރާކުރަން މޮރިޝަސްއިން އޮތީ ތައްޔާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ދިވެހި ސަރުކާރާ މަޝްވަރާކުރަން މޮރިޝަސްއިން އޮތީ ތައްޔާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ / ސޯޝަލް މީޑިއާ

ދިވެހި ސަރުކާރާ މަޝްވަރާކުރަން މޮރިޝަސްއިން އޮތީ ތައްޔާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
May 9, 2026, 03:34 PM
މާލެ ސިޓީ

ދިވެހި ސަރުކާރާ މަޝްވަރާކުރަން މޮރިޝަސްއިން އޮތީ ތައްޔާރަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިންޑިއާގެ ނިއުދިއްލީގައި އިއްޔެ އޮތް 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ހޮނިހިރު ދުވަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްވި ބަސްދީގަތުމުގައެެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޝީދު ވިދާޅުވީ ދަތުރުގެ ތެރެއިން މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލާފައި އޮތް މޮރިޝަސްއިން އޮތީ ސުލުހަވެރި ހައްލެއް ހޯދަން ރާއްޖެއާ މަޝްވަރާކުރަން ތައްޔާރަށް ކަމަށް ވެސް އެމަނިކުފާު ވިދާޅުވެފައިވެއެވެ.

އެގޮތުން މޮރިޝަސް އާއި ރާއްޖެއާ ދެމެދު ޖެހިފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު އަރިހުން އެދިވަޑައިގަތުމުން އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރު ވިދާޅުވެފައިވަ ކަމަށާ، އުންމީދުކުރަން ރާއްޖޭގެ ފޮރިން އެފެއާޒުން ވެސް މޮރިޝަސް ސަރުކާރާ އެކު މި ފުރުސަތުގެ ބޭނުންކޮށްގެން ކުރިއަށްދާނެ ކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މޮރިޝަސް އިން، ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލީ، މިދިޔަ މާޗު މަސްތެރެ އެވެ. އެ ގުޅުން ކަނޑާލި ސަބަބަކަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ، ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ އާއި އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ދިވެހި ސަރުކާރުން ދައުވާކުރަމުންދާތީ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރު ކުރިން 15 ޖެނުއަރީ 1981ގައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި އޮއްވައި އަދި މޮރިޝަސް އާއި ރާއްޖެއާދެމެެދު ކަނޑުގެ ބޯޑަރު ބަހާފައި އޮއްވައި، އެކަންކަމަށް އަމަލު ނުކުރައްވާނެކަން އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު ފެބްރުއަރީ 5، ގައެވެ.

ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްއެކެވެ. އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމައެވެ.

އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފައެވެ.

ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved