March 24, 2026
Advertisement
ސަރުކާރުގެ ވެރިން ޖަވާބުދާރީ ކުރުވައިފިނަމަ ސަލާމަތުން ހުންނާނެ ގުނަވަނަކާ މެދު ސުވާލު އުފެދޭ: ރައީސް ޔާމީން
ސަރުކާރުގެ ވެރިން ޖަވާބުދާރީ ކުރުވައިފިނަމަ ސަލާމަތުން ހުންނާނެ ގުނަވަނަކާ މެދު ސުވާލު އުފެދޭ: ރައީސް ޔާމީން / ރައީސް އޮފިސް

ސަރުކާރުގެ ވެރިން ޖަވާބުދާރީ ކުރުވައިފިނަމަ ސަލާމަތުން ހުންނާނެ ގުނަވަނަކާ މެދު ސުވާލު އުފެދޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2026, 05:39 PM
މާލެ ސިޓީ

މިއަދުގެ ސަރުކާރުގެ ވެރިން ޖަވާބުދާރީ ކުރުވައިފިނަމަ ސަލާމަތުން ހުންނާނެ ގުނަވަނަކާ މެދު ސުވާލު އުފެދޭ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީސް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސަރުކާރުގެ ކަންކަން ރަގަޅުކުރަން ސަރުކާރު ޖަވާބުދާރީ ކުރަން އެހެން ބަޔަކު ބޭނުންނުވާ ކަމަށާ އެކަން ކުރަން ސަރުކާރު ޕާޓީ އޮތް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޝުޖާއުވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ނުކުންނާނެ ކަމަށާ ސަރުކާރު ގޮސް ހަދާކަމަށް އެއްބަސްވެސް ނުވާނެ ކަމަށެވެ. އެއީ ޝުޖާއުއަކީ ވެސް މަނީ ލޯންޑރިން ފަދަ ކުށުގެ ތުހުމަތު އޮތް، އެމްއެމްއޭއިން އެސްޓީއާރުތަކެއް އެމީހަކާ ގުޅިގެން ނެރެފައިވާ މީހެއް ކަމަށާ ޝުޖާއުގެ މައްަސަލަ ނުބަލާ ފުލުހުން އޮއްބާލާފައިވާކަން ޚުދު ފުލުހުންގެ ބަހުން އެނގެން އޮތްއިރު، މިހާރު ތިބި ވެރިން ޒިންމާދާރުކުރުވަން ޖަވާބުދާރީ ކުރުވާ މައްސަލަތައް ބަލާ އިސްލާމީ ޝަރީއަތާ އެއްގޮތަށް އަދަބު ދީފި ނަމަ އެ ވެރިންގެ ސަލާމަތުން ގުނަވަނެއް ހުންނާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ގާނޫނުން ލާޒިމް ކުރާ ރައްޔިތުންގެ މަޖިލިސް ވެސް އޮތީ ފެއިލްވެފައި ކަމަށާ އެހެންކަމުން ރައްޔިތުން އަމިއްލައަށް ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވުން ނޫން ގޮތެއް މިހާރު ނޯންނާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved