June 24, 2026
Advertisement
މި ސަރުކާރުން ކޮރަޕްޝަންގެ ކަންކަން ނުބަލަނީ ވެރިންނަށް ވެސް ފައިދާވާތީ: ރައީސް ޔާމީން
މި ސަރުކާރުން ކޮރަޕްޝަންގެ ކަންކަން ނުބަލަނީ ވެރިންނަށް ވެސް ފައިދާވާތީ: ރައީސް ޔާމީން / ތޭރަ އޮންލައިން

މި ސަރުކާރުން ކޮރަޕްޝަންގެ ކަންކަން ނުބަލަނީ ވެރިންނަށް ވެސް ފައިދާވާތީ: ރައީސް ޔާމީން

Jun 24, 2026, 01:51 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ ކަމަށާ އެކަންކަން ނުބަލަނީ ދައުލަތުގެ ވެރިންނަށްވެސް އެ ކޮރަޕްޝަންގެ ތެރެއިން މަންފާވާތީ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ފްރޮންޓު އޮފީސް ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއްގައެވެ.

ރައީސް މުހައްމަދު މުއިއްޒުއާ އަދި ރައީސް އިބްރާހމު މުހައްމަދު ސޯލިހުގެ ވެރިކަމަށް އިޝާރާތްކުރައްވާ ރައިސް ޔާމީން ވިދާޅުވީ، އެ ދެ ބޭފުޅުންގެ ވަށައިގެން ތިއްބެވީ ގިނައިން ކޮރަޕްޓު ބޭފުޅުން ކަމަށެވެ. އަދި އެއީ އެ ބޭފުޅުންނަށް އެ މީހުންގެ ކިބައިން މަންފާތަކެއް ލިބޭތީ ކުރައްވާ ކަމެއް ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ. ހަމައެހެންމެ ވެރިންގެ އެންމެ ގާތް ބޭފުޅުންނަކީ ކޮރަޕްޓު އަދި ނާގާބިލު ބަޔަކަށް ވެއްޖެނަމަ، ރައްޔިތުން އެ ވެރިންނަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ބައެއް ބޭފުޅުންނާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ ވާހަކަތަކާމެދު ފިޔަވަޅު ނާޅަނީ އެއީ ވެރިންނަށް އޭގެ ރާހަތު ލިބޭތީ ކަމަށް ތުހުމަތުކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނާ އެކު ކޮރަޕްޓު މީހުންނަށް ކެތް ނުކުރެވޭނެ ކަމަށޤ ވިދޅާުވެފައިވެއެވެ. އެހެނީ އެމަނިކުފާނަށް އެކަންކަން އެނގޭ ހިސާބުން އެބަޔަކާ މެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެންމެންނަށްވެސް އޮންނާނެތީ ކަމަށާ ސިޔާސީ ހަޔާތުގައި ކޮރަޕްޓު އެއްވެސް ބޭފުޅަކަށް ޖާގަ ނުދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved