
ޗައިނާގެ ތެޔޮ ޓޭންކަރަކާއި އިންޑިއާގެ ދެ ގޭސް ޓޭންކަރު ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފިއެވެ.
މި އުޅަނދުފަހަރު ދަތުރުކޮށްފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ކަނޑައަޅައި، ހުއްދަދީފައިވާ ހާއްސަ މަގަކުންނެވެ. ބައިނަލްއަގުވާމީ މުހިންމު މި ކަނޑުގެ ސަރަހައްދުން ޗައިނާގެ "ބްރައިޓް ގޯލްޑް" ޓޭންކަރުގެ އިތުރުން އިންޑިއާގެ ދެ އުޅަނދު ދަތުރުކުރުމަށް އީރާނުން މިފަދަ ފުރުސަތެއް ދިނުމަކީ، ޗައިނާއާއި އީރާނާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް މުހައްލިލުން ދެކެއެވެ.
އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިރާނުގެ ރައީސަށް ގުޅާ ޓޭންކަރުތައް ހުރަސްކުރުމަށް ހުއްދައަށް އެދި އާދޭސް ކުރުމުން އިންޑިއާ ރައްޔިތުން ދެއްކި ނަމޫނާއަށް އިރާނުން ވަނީ އިންޑިއާގެ އުޅަނދުތައްވެސް ހުރަސްކުރުމަށް ހުއްދަ ދީފައެވެ. އަދި އިންޑިއާއިން ވަނީ ޗައިނާގެ ޔުއާންއިން ލާރި ދައްކާ ޓޭންކަރުތައް ހުރަސްކުރުމަށް ފައިސާ ދައްކާފައެވެ.
މި ދަތުރުތަކަކީ އީރާނުގެ ފުރިހަމަ ރުހުމާއި އެއްބާރުލުމާއެކު ކުރިއަށްދިޔަ ދަތުރުތަކެއް ކަމަށް މަސްދަރުތަކުން ބުނެއެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެޔޮ ބާޒާރަށް ނުހަނު މުހިންމު ސަރަހައްދަކަށް ވާއިރު، މި ސަރަހައްދުން އުޅަނދުފަހަރު ހުރަސްކުރުމުގައި އީރާނުގެ ދައުރު ބޮޑެވެ.
މި ފަހަރުގެ މި ހަރަކާތަކީ ސަރަހައްދީ ރައްކާތެރިކަމާއި އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމަށް އައި.އާރު.ޖީ.ސީ އިން ދިން ފެހި ސިގްނަލެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.




