March 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާއިން ގްރައުންޑް ހަމަލާތައް ދޭނަމަ އެމެރިކާ ސިފައިން ރަހީނުކުރުމަށް އީރާނުން އަމުރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 26, 2026, 04:56 PM
މާލެ ސިޓީ

އެމެރިކާގެ ސިފައިން އީރާނާ ދެކޮޅަށް އެއްގަމު މަގުން އެއްވެސް އޮޕަރޭޝަނެއް ހިންގަން އުޅޭނަމަ، އެ ސިފައިން ރަހީނުކުރުމަށް އީރާނުގެ އަސްކަރިއްޔާއަށް އެގައުމުގެ މަތީ ފަންތީގެ ކޮމާންޑަރުން އަންގައިފިއެވެ.

Advertisement

މި ނިންމުމަކީ ތެހެރާނުން ގެންގުޅޭ "އެސިމެޓްރިކް" ހަނގުރާމަވެރި ސްޓްރެޓެޖީގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް އަސްކަރީ މުހައްލިލުން ބުނެއެވެ. މި އަމުރު ނެރެފައިވަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

އީރާނާ ދެކޮޅަށް ވައިގެ މަގުން ދެމުންދާ ވަރުގަދަ ހަމަލާތަކުން އެގައުމު ބަލިކޮށްނުލެވުމުން، އެމެރިކާއިން މިހާރު ތައްޔާރުވަމުންދަނީ އެއްގަމު މަގުން އީރާނަށް އަރައި ގްރައުންޑް އޮޕަރޭޝަންތަކެއް ފެށުމަށެވެ. ނަމަވެސް އީރާނަކީ އަސްކަރީ ގޮތުން ވަރުގަދަ ގައުމަކަށް ވުމާއެކު، އެމެރިކާގެ ސިފައިން ރަހީނުކޮށްގެން ހަނގުރާމައިގެ އޮއިވަރު ބަދަލުކޮށްލުމަށް އީރާނުން ވަނީ ދުރާލާ ރާވާފައެވެ.

މި ހަނގުރާމައަކީ އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ގާބިލުކަން ނައްތާލުމަށް ފަށާފައިވާ ހަނގުރާމައެކެވެ. އެހެންނަމަވެސް އީރާނުގެ ރައްދު ހަމަލާތަކާއި ދިފާއީ ނިޒާމުގެ ސަބަބުން މިހާތަނަށް އެމެރިކާގެ މަގްސަދުތައް ވަނީ ހާސިލުނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved