
އިޒްރޭލުން އިރާނުގެ މަހްޝާހުގައި ހުންނަ ޕެޓްރޯކެމިކަލް ޕްލާންޓަކަށް ހަމަލާދީފި ކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އިރާނުގެ ހުޅަނގު ދެކުނު ޚުޒެސްތާން ގަވަރނަރޭޓްގެ ސެކިއުރިޓީ އޮފިސަރަކު ފާރސް ނޫސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިޒްރޭލުގެ މި ހަމަލާ އަމާޒުވެފައިވަނީ މަހްޝާހުގައި ހުންނަ ސިނާއީ މަރުކަޒަކަށް ކަމަށެވެ. މި ހަމަލާގެ ސަބަބުން ޕެޓްރޯކެމިކަލް ޕްލާންޓުގެ ބައެއް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އޮފިސަރު ކަށަވަރުކޮށްދެއްވިއެވެ.
އޮފިސަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލީ ރިޕޯޓެއް އެސެސްމަންޓްތަކަށް ފަހު ފަހުގެ ވަގުތެއްގައި އާންމުކުރާނެއެވެ.
މި ހަމަލާއަކީ އިޒްރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި، އިރާނުން އިޒްރޭލަށް ދިން ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި މަސްރަހު ގޯސްވެ، ދެވުނު ހަމަލާއެކެވެ. އިޒްރޭލުން ފަލަސްތީނާއި ލުބްނާނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.










