June 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިސްރާއީލުން ސުލްހައިގެ އެއްބަސްވުމާ ޚިލާފުވުމުން އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
Jun 19, 2026, 07:06 PM
މާލެ ސިޓީ

އިސްރާއީލާއި އިރާނާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރިތާ 24 ގަޑިއިރުވެސް ނުވަނީސް، އިސްރާއީލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، ރައްދުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ސްޓްރޭޓް އޮފް ހޮރްމުޒް ނުވަތަ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފިއެވެ.

Advertisement

މި ނިންމުން ނިންމާފައިވަނީ އިސްރާއީލުގެ އިތުބާރު ނެތް އަމަލުތަކާއި، ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ވީ އެއްބަސްވުންތަކާ ޚިލާފަށް ޣައްދަރުވެ، ލުބުނާނުގެ ކުށެއްނެތް ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާނުލުމުންނެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ރޫޓް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި އިސްރާއީލުގެ އުދުވާނުތަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފައެވެ. އިސްރާއީލުން ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމް ނުކޮށް، އަލުން ހަމަލާ ދޭން ފެށުމަކީ މުޅި ސަރަހައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ގިނަ ގައުމުތަކަކުން ސިފަކުރެއެވެ.

އީރާނުން މިފަދަ ފިޔަވަޅެއް އެޅުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން ޝަހީދުވަމުންދާއިރު، ބައިނަލްއަގުވާމީ އިދާރާތަކުން އިސްރާއީލު ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved