March 11, 2026
Advertisement
ރެސްޓޯރަންޓްގައި ހިނގި ގޮވުމަށްފަހު އެތަން ހުރި ގޮތް
ރެސްޓޯރަންޓްގައި ހިނގި ގޮވުމަށްފަހު އެތަން ހުރި ގޮތް / ވެބް ފޮޓޯ

ޗައިނާގެ ހެބޭ ރެސްޓޯރަންޓެއްގައި ހިނގި ގޮވުމެއްގައި ދެ މީހަކު މަރުވެއްޖެ

Azzama
އައްޒާމާ
Mar 14, 2024, 05:56 AM

ޗައިނާގެ ހެބޭ ޕްރޮވިންސްގެ ގޮވާފައިވަނީ ފްރައިޑް ޗިކަން ފިހާރައެކެވެ. މިހާދިސާގައި ދެ މީހަކު މަރުވެ 20 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

Advertisement

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގެ ވެރިރަށް ބެއިޖިން އާއި ގާތްގަނޑަކަށް ގަޑިއެއްހާއިރު ދުރުގައި އޮންނަ ސަންހޭގައި ގޮވަން މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް ވެދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯތަކުން ދައްކާ ގޮތުގައި މަގުމަތީގައި ބޮޑެތި ދުންތަކާއި ކުނިކޮޅުތައް އެތުރިފައިވާއިރު، ކައިރީގައި ހުރި އިމާރާތްތަކަށާއި ކާރުތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

މަދުވެގެން ތިން އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެއް އިމާރާތް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. ފަޔާ ފައިޓަރުން އަލިފާން ނިއްވާތަން ފެނިފައިވާއިރު، ވަށައިގެން ފުނޑުފުނޑުވެފައިވާ ކާރުތައް ވެއިބޯގެ ވީޑިއޯތަކާއި ފޮޓޯތަކުން ދައްކަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved