April 3, 2026
Advertisement
ޒަރިޔަންދުގެ އިލްތިމާސްއަކީ ވަޒީފާތަކުގައި ތިއްބަސް ސަރުކާރަށް ނޫނެކޭ ބުނުން!
ޒަރިޔަންދުގެ އިލްތިމާސްއަކީ ވަޒީފާތަކުގައި ތިއްބަސް ސަރުކާރަށް ނޫނެކޭ ބުނުން! / ތޭރަ އޮންލައިން

ޒަރިޔަންދުގެ އިލްތިމާސްއަކީ ވަޒީފާތަކުގައި ތިއްބަސް ސަރުކާރަށް ނޫނެކޭ ބުނުން!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 29, 2026, 02:52 PM
މާލެ ސިޓީ

ސަރުކާރު ވަޒީފާތަކުގައި ތިއްބަސް ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނަން ގައުމީ މޭޔަރަލް ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ގޮވާލައިފިއެވެ.

Advertisement

ޕީއެންއެފްއިން އިސްނަގައިގެން ބުރާސްފަތި ދުވަހު ބޭއްވި "ޗަގޯސް" ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، އޭނާއަށް ފެންނަ މަންޒަރުތަކުން ވިސްނެނީ، ރައީސް މުހައްމަދު މުއިއްޒަކަށް މާ ގިނަ ދުވަހަކު ވެރިކަމެއް ނުކުރެއްވޭނެކަން ކަމަށެވެ. ސަބަބަކީ އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން ކަމަށް ވިދާޅުވެ ޒަރިޔަންދު ވިދާޅުވީ އަބަދުވެސް ފެންނަނީ ކަތި ފިޔަވަޅުތަކެއް އަލުއްވާ މަންޒަރު ކަމަށެވެ.

އެހެންކަމުން ގައުމުގެ ކުރި މަގަށް ނުވިސްނައި، ހަމައެކަނި ވަޒީފާގައި ތިބުމަކީ ޒުވާނުންނަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާ އެހެންކަމުން ވަޒީފާތަކުގައި ތިބި ނަމަވެސް ވޯޓުގައި ސަރުކާރަސް ނޫނެކޭ ބުނުމުން  މިހާރު މި އޮތް ސަރުކާރަށް ލޮޅުން އަންނަ ގަޑީގައި އެ ބޭފުޅުން ތިއްބަވާނީ ރަގަޅު ފަޅީގައި ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ ކާރިސާއަކަށް ގޮސްފައިވާއިރު ވެސް ރާއްޖޭގެ އިގްތިސާދު މުއިއްޒު މެނޭޖް ކުރައްވަނީ ސިޔާސީ ކަންކަމަށް އެކަނި ވިސްނަވައިގެން ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved