March 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ނިއުކްލިއަރ އާރމްޑް ޕާކިސްތާނުގެ އިންޒާރެއް ސަހްޔޫނީންނަށް: ސަކަރާތް ޖަހަން ނޫޅޭތި، މިއީ ޤަތަރެއް ނޫން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 27, 2026, 06:25 PM
މާލެ ސިޓީ

އީރާނުގެ ތެހެރާނުގައި ހުންނަ ޕާކިސްތާނުގެ އެމްބަސީ ކައިރިއަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން، ނިއުކްލިއަރ ބާރު ލިބިފައިވާ ޕާކިސްތާނުން ސަހްޔޫނީ ދައުލަތަށް ވަރުގަދަ އިންޒާރެއް ފޮނުވައިފިއެވެ.

Advertisement

ޕާކިސްތާނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނަކީ ޤަތަރު ނޫން ކަމަށާއި، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި އެ ޤައުމުގެ ޑިޕްލޮމެޓުންނަށް ނުވަތަ އެމްބަސީތަކަށް ދޭ ކޮންމެ ގެއްލުމަކަށް ވަރުގަދަ ޖަވާބެއް ދޭނެ ކަމަށެވެ. މިއީ ސަހްޔޫނީން އިސްލާމީ ޤައުމުތަކުގެ ސިޔާދަތަށް އަރައިގަންނަމުންދާ ދިއުމަށް ދިން ސީދާ އިންޒާރެކެވެ.

މި އިންޒާރު އައިސްފައިވަނީ ތެހެރާނުގައި ހުންނަ ޕާކިސްތާނުގެ އެމްބަސީ ކައިރިއަށް ދެވުނު ނުރައްކާތެރި ހަމަލާތަކާ ގުޅިގެންނެވެ. ޕާކިސްތާނުގެ ޚާރިޖީ އިދާރާތަކުން ބުނާ ގޮތުގައި، އެ ޤައުމުގެ ނިއުކްލިއަރ ޤާބިލުކަމަކީ ހަމައެކަނި ދެއްކުމަކަށް އޮތް އެއްޗެއް ނޫން ކަމަށާއި، ޤައުމުގެ ރައްކާތެރިކަމަށްޓަކައި ކޮންމެ ފިޔަވަޅެއް އެޅުމަށްވެސް ފަސްނުޖެހޭނެ ކަމަށެވެ.

ސަހްޔޫނީ އިސްރާއީލުން ފަލަސްޠީނާއި އިރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރަމުން، ޕާކިސްތާނުން ވަނީ އެމީހުންނަށް އިންޒާރު ދީފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ޕާކިސްތާނުން އިސްރާއީލަށް ދިން އެންމެ ހަރުކަށި އެއް އިންޒާރުގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved