
ކުދި ބަދަލުތަކަކާ ގުޅިގެން ލިބިދާނެ ދާއިމީ ގެއްލުމަކުން އަވަސް ފިޔަވަޅުތަކެއް އަޅާ ގައުމު ސަކާމަތްކޮށް ހިމާޔަތްކުރަން ޖެހޭ ކަމަށް މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ހުންނެވި ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޒަރިޔަންދުވަނީ މާނަފުން ބަސްތަކެއް މިސް މީޑިޔާއަށް ދޫކުރައްވާފައެވެ. ޒަރިޔަންދު ވަނީ، އެއްވެސް ޑިމޮކްރަސީއެއްގައި މިނިވަންކަން ގެއްލޭނީ އެންމެ ނިންމުމަކުން ނޫންކަން ފާހަގަކުރައްވާ އެހެން އެކަން ދިމާވަނީ މަޑުމަޑުން ގާނޫނީ ބަދަލުތަކުގެ ތެރެއިން ފަނޑުވެގެން ގޮސްގެން ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ކުދި ބަދަލުތައް ދާއިމީ ގެއްލުމަކަށް ވުމުގެ ކުރިން އަޅުގަނޑުމެންގެ ހައްގުތަކާމެދު ސުވާލު އުފައްދައި، ޝާމިލުވެ، ހިމާޔަތް ކުރަން ޖެހޭ ކަމަށް ވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
މިއީ ސީދާ ކޮންކަމާ ގުޅިގެން ޒަރިޔަންދު ވިދާޅުވި ވާހަކައެއްކަން ހާމަކޮށްފައިނުވި ނަމަވެސް ބެލެވޭ ގޮތުގައި މިއީ އެޕްރިލް ހަތަރު ވަނަ ދުވަހު ނަގާ ރެފަރަންޑަމް ވޯޓުގައި ރައްޔިތުން އާނ އެކޭ ބުނެފި ނަމަ ގާނޫނަށް ގެންނަ އިސްލާހުތަކާ އެކު ގައުމަށް ނުރައްކާ އޮތްކަން ފާހަގކޮށް ވިދާޅުވި ބަސްތަކެކެވެ.










