April 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުން އެމެރިކާގެ އެފް-15އީ މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 3, 2026, 10:43 PM
މާލެ ސިޓީ

އީރާނުގެ ދިފާއީ ބާރުތަކުން އެމެރިކާގެ ޒަމާނީ އެފް-15އީ ސްޓްރައިކް އީގަލް މަރުކާގެ ފައިޓަރ ޖެޓެއް ވައްޓާލާފައިވާ ކަމަށް ބައިނަލްއަގުވާމީ ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

Advertisement

ރިޕޯޓްތައް ބުނާގޮތުން، މި ބޯޓު ވައްޓާލާފައިވަނީ އީރާނުގެ ވައިގެ ސަރަހައްދަށް ވަނުމަށް މަސައްކަތް ކުރުމާ ގުޅިގެން، އީރާނުގެ މިސައިލް  ނިޒާމަކުންނެވެ.

އެމެރިކާއިން އެ ސަރަހައްދުގައި ހިންގަމުންދާ އުދުވާނީ ހަރަކާތްތަކާއި، އިސްލާމީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް މިއީ ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރީ ގާބިލްކަމާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ އަމިއްލަ ދިފާއުގައި އީރާނުން އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާއަކީ މެދުއިރުމަތީގައި އެމެރިކާއިން ހިންގާ ނޭދެވޭ ނުފޫޒުތަކަށް ދެވުނު ވަރުގަދަ ޖަވާބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved