
އީރާނުގެ ބުޝެހްރްގައި ހުންނަ ނިއުކްލިއާ ޕްލާންޓަށް ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން، އެ ތަނުގެ ރައްކާތެރިކަމުގެ ނިޒާމު ނުވަތަ ޕްރޮޓެކްޝަން ސާކިއުޓް މުގުރާލާފައިވާ ކަމަށް ރަޝިޔާގެ މަތީ ފަންތީގެ އޮފިޝަލަކު ކަށަވަރުކޮށްދީފިއެވެ.
މި ޕްލާންޓަކީ ރަޝިޔާގެ ގިނަ އަދަދެއްގެ މާހިރުން މަސައްކަތް ކުރަމުންދާ ތަނަކަށްވާއިރު، ދިން މި ހަމަލާގެ ސަބަބުން ނިއުކްލިއާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ރަޝިޔާގެ އޮފިޝަލް ވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން މިހާރު އެ ސަރަހައްދުގައި ތިބި ރަޝިޔާގެ މުވައްޒަފުން އެ ތަނުން ނެރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ހަމަލާގެ ސަބަބުން ވައިގެ ތެރެއަށް ނުރައްކާތެރި ދޯދިތައް ބޭރުވެ، ސަރަހައްދީ ފެންވަރުގައި ބޮޑު ކާރިސާއެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި ހަމަލާ ދިން ފަރާތަކާ ބެހޭގޮތުން ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ޕްލާންޓަށް ލިބުނު ގެއްލުންތައް ބަލައި، އިތުރު ނުރައްކަލަކުން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.










