April 7, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކަކާއެކު އެމެރިކާގެ މަނަވަރު ފަހަތަށް ޖެހިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 6, 2026, 06:25 PM
މާލެ ސިޓީ

އީރާނުގެ އަސްކަރިއްޔާއިން ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގެ ސަބަބުން، އެމެރިކާގެ އަސްކަރީ މަނަވަރު 'ޔޫއެސްއެސް ޓްރިޕޮލީ އެލްއެޗްއޭ-7' އަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިވެ، ފަހަތަށް ޖެހެން މަޖުބޫރުވެއްޖެއެވެ.

Advertisement

5،000 އަށްވުރެ ގިނަ ސިފައިންނާއެކު ދަތުރުކުރަމުންދިޔަ މި މަނަވަރަށް އަމާޒުކޮށް، އީރާނުން ވަނީ ބާރު ސްޕީޑުގައި ދަތުރުކުރާ މިސައިލްތަކެއް ފޮނުވާލާފައެވެ. މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ މަނަވަރަށް ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުތަކަށް ފަހަތަށް ޖެހި، ރައްކާތެރިކަން ހޯދަން މަޖުބޫރުވެފައެވެ.

މި ހާދިސާއަކީ މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެމެރިކާއިން ވާގިވެރިވަމުންދާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ. އިޒްރޭލުގެ އަނިޔާވެރިކަމަށް އެހީތެރިވެދިނުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އީރާނުން ދެއްކި މި ވަރުގަދަ ރައްދު ހަމަލާއަކީ އެމެރިކާގެ އަސްކަރީ ބާރުވެރިކަމަށް ލިބުނު ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

އިޒްރޭލާއި އެމެރިކާގެ އިއްތިހާދުން މުސްލިމް ގައުމުތަކަށް ދެމުންދާ ނުފޫޒާއި އަނިޔާވެރިކަމާ ދެކޮޅަށް އީރާނުން ކުރި މި މަސައްކަތުގެ ސަބަބުން، ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ބާރު ކެނޑިގެންދާކަން ވަނީ ހާމަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved