
އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާއި ލުުބުނާނުގެ ހިޒްބުالله އާ ގުޅިގެން ޔަމަނުގެ ހޫތީން އިޒްރޭލަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިކަން އިޢުލާންކޮށްފިއެވެ.
ޔަމަނުގެ އަސްކަރީ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ކްރޫޒް މިސައިލާއި ޑްރޯންތައް ބޭނުންކޮށްގެން އިޒްރޭލުގެ ދެކުނުގެ ބަނދަރު ރަށް ކަމަށްވާ އެއިލާތަށް ވަނީ ހަމަލާދީފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނާއި، އިޒްރޭލުން ގައްޒާގައި އާއި އިރާނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދިން ހަމަލާތަކެއް ކަމަށް ޔަމަނުން ބުނެއެވެ.
މި ހަމަލާތަކަކީ އީރާނާއި، ހިޒްބުالله އަދި ޔަމަނުގެ ހޫތީން ގުޅިގެން "މަލްޓި-ފްރަންޓް" ނުވަތަ އެކި ދިމާލުން އިޒްރޭލަށް ނުރައްކާ ކުރިމަތިކުރުވުމުގެ އިޝާރާތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އެމެރިކާއާއި އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި، ޔަމަނުގެ މި އަމަލުތަކަކީ ސީދާ އީރާނުގެ ރޭވުމުގެ ދަށުން ހިންގާ ކަންކަމެވެ. މިއާއެކު، އިޒްރޭލުގެ ދިފާއުގައި އެމެރިކާއިން އެ ސަރަހައްދަށް އިތުރު އަސްކަރީ މަނަވަރުތަކާއި ހަތިޔާރު ފޮނުވަމުންދާއިރު، މިއީ އީރާނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިލުމަކަށް ދިއުމަށް ބާރުލިބޭ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
ޔަމަނުން ބުނެފައިވަނީ އިޒްރޭލުން އިރާނަށާއި އިސްލާމީ އެހެން ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު، ރަތްކަނޑާއި އެ ސަރަހައްދުގެ އިޒްރޭލުގެ މަސްލަހަތު އޮތް ތަންތަނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަމުންދާނެ ކަމަށެވެ.










