April 7, 2026
Advertisement
ދައުލަތް ސިޔާސީ ބޭނުމަށް ލޫޓުވުން ހުއްޓުވަން ޖެހޭ: މަލީހު
ދައުލަތް ސިޔާސީ ބޭނުމަށް ލޫޓުވުން ހުއްޓުވަން ޖެހޭ: މަލީހު / ސޯޝަލް މީޑިއާ

ދައުލަތް ސިޔާސީ ބޭނުމަށް ލޫޓުވުން ހުއްޓުވަން ޖެހޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 7, 2026, 02:11 PM
މާލެ ސިޓީ

ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި ދައުލަތުގެ ބެނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވަން ޖެހޭ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުޅިވަރާ ބެހެ ވުޒާރާގައި އެކަނި 300 އެއްހާ ސިޔާސީ މުވައްޒަފުން ތިބި ކަމަށް ސަން އޮންލައިންގައި ރިޕޯޓުކޮށްފައިވާ ޚަބަރެއް ހިއްސާކުރައްވާ މަލީހު ވިދާޅުވެފައިވަނީ، އެކަމެކޭ ސަރުކާރު ތިޖޫރީގައި ހުރި ފައިސާ ނަގާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމެކޭ ތަފާތެއް ނެތް ކަމަށެވެ.

ހަމައެހެންމެ ސިޔާސީ ބޭނުމަށް ދައުލަތް ލޫޓުވުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެ މަލީހު ވަނީ ސަރުކާރުން ބޭކާރު ގޮތުގައި ވަޒީފާތަކަށް މީހުން ނަގާ ނެގުމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ދާދި ފަހުން ބޭއްވި އިންތިހާބުތަކުން ސަރުކާރަށް އެދެވިގެންވާ ނަތީޖާ ނުލިބުމުން މިހާރު ވަނީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ސިޔާސީ މީހުން މަގާމުތަކުން ކަނޑަން ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved