March 25, 2026
Advertisement
ޕީއެންއެފުން ބޮޑު ޖަލްސާއެއް މިމަހުގެ 26 ވަނަ ދުވަހުގެރޭ!
ޕީއެންއެފުން ބޮޑު ޖަލްސާއެއް މިމަހުގެ 26 ވަނަ ދުވަހުގެރޭ! / ތޭރަ އޮންލައިން

ޕީއެންއެފުން ބޮޑު ޖަލްސާއެއް މިމަހުގެ 26 ވަނަ ދުވަހުގެރޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2026, 10:48 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފުން މިމަހުގެ 26 ވަނަ ދުވަހުގެރޭ ބޮޑު ޖަލްސާއެއް ބާއްވާނެކަން ހާމަކޮށްފިއެވެ.

Advertisement

އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުއެވެ.

މަލީހު ވިދާޅުވީ، އެޕްރިލް 4 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ވިސްނުންފުޅާ އަދި އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއާ ގުޅޭ ގިނަ ރައްޔިތުންތަކެއް ރައީސް ޔާމީންގެ ކިބައން ދެނަގަންނަން ބޭނުންވެ އެމަނިކުފާނާ ހަމައަސް އެ މެސެޖު ޕާސްކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެކަންކަމާ ގުޅިގެން ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތާ ރެފަރަންޑަމަށް އާނ އެކޭ ބުނެފިނަމަ ނުކުންނާނެ ނަތީޖާއާ ގުޅޭ ގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް ޔާމީންގެ އިސްނެންގެވުމާ އެކު 26 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ވީހާވެސް ގިނަ ބޭފުޅުން އެ ޖަލްސާގައި ބައިވެރިބުމަކީ ޕީއެންއެފްގެ އެދުމެއް ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ ރެފަންޑަމް ނަގާ ސަރުކާރުން ބޭނުންވާ ނަތީޖާ ނެރުމަށް ނުފޫޒުތައް ފޯރުވަމުން ގެންދާ ކަމަށް ތުހުމަތުކުރައްވާ މަލީހު ވަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވަކި ގޮތަކަށް ވޯޓު ދިނުމަށް އެދި ނުފޫޒު ފޯރުވުން ބަލައިނުގަނެވޭނެ ކަމަށެވެ.

މަލީހު ވިދާޅުވީ ހަގީގަތުގައި ގައުމު އޮތީ ވޯޓެއް ނަގާ ހާލަތެއްގައިވެސް ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved