
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކައުންސިލް އިންިތހާބާ ދިމާކޮށް ޕީއެންސީއިން ރަށްރަށަށް ފޮނުވާ ކެމްޕެއިން ކުރަމުންދާ ކަމަށާ ރައްޔިތުންގެ ފައިސާއިން އެކަމަނާ މެދުވެރިކޮށް ކެމްޕެއިން ކުރުމަކީ ަލދުވެތިކަމެއް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މެޑަމް ސާޖިދާ ރަށްރަށަށް ވަޑައިގެން ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އަދި ޑޯޓުޑޯ ހަރަކާތްތަކުގައިވެސް ބައިވެވަޑައިގަންވަމުންދާ ދިއުމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ ސަރުކާރުގެ ކިބައިން މިފަދަ ނޭދެވޭ ކަންކަން ފެންނަމުން ދާތީއާ ގުޅިގެން ރައްޔިތުން ކުރިއަށް ހުރި އިންތިހާބުތަކުގައި ވިސްނަން ޖެހޭ ކަމަށެވެ.
ރައީސް މުއިއްޒަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒާއި ސާޖިދާ ނޫން ގޮތެއް މިފަހަރު ހޯދަންޖެހޭ ކަމަށެވެ. މެޑަމް ސާޖިދާ ސިޔާސީ މައިދާނަށް ނެރެ ރައްޔިތުންގެ ޓެކްސް ފައިސާގައި ކެމްޕެއެއިން ކުރަމުން ދާކަމަށް ތުހުމަތުކުރައްވާ މަލީހު ވިދާޅުވެފައިވަނީ އެކަންކުރުވަމުން ސަރުކާރުން ދަނީ ލަދުވެތިކަމެއް ނެތި ކަމަށެވެ.
ސާޖިދާ ކެމްޕެއިން ދަތަރު ދާއިރު ބޮޑީ ގާޑުންނާއި ދަތުރު ފަތުރަަށް ސަރުކާރުން ޚަރަދު ނުކުރެވޭނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހުގެ ބަހުގެ ހަމަލާތަކެއް މި ފަހަރު އަމާޒުކުރެއްވި ސާޖިދާ މިވަގުތުވެސް ހުންނެވީ އަތޮޅުތެރެއަށް ވަޑައިގެން ކެމްޕެއިންގައެވެ.










