March 26, 2026
Advertisement
މުއިއްޒުއާ ބައިވެރިން ވައްކަން ކުރުން ނޫން ކަމެއް ނުކުރޭ: މަލީހު
މުއިއްޒުއާ ބައިވެރިން ވައްކަން ކުރުން ނޫން ކަމެއް ނުކުރޭ: މަލީހު / ތޭރަ އޮންލައިން

މުއިއްޒުއާ ބައިވެރިން ވައްކަން ކުރުން ނޫން ކަމެއް ނުކުރޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 26, 2026, 05:41 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުއާ އެމަނިކުފަނުގެ ބައިވެރިންގެ ގޮތުގައި ތިބި ފަރާތްތަކުން ވައްކަން ކުރުން ނޫން ކަމެއް ނުކުރާ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ، ސަރުކާރުން ގެނަިއ ޓެކްސީތަކުގެ މުއާމަތުގައިވެސް ކޮރަޕްޝަން ހިމެނޭކަމަށް އާންމު ރައްޔިތަކު ހިއްސާކުރި މައުލޫމާތަށް އިޝާރާތްކުރައްވާފައެވެ.

އެގޮތުން މީސް މީޑީޔާގައި އާދަމް ސަލީމު ނަމަކަށް ކިޔާ މީހަކު ވަނީ، ސަރުކާރުން ޓެކްސީ ލައިނުގައި އޮޕަރޭޓުކުރަން ގެނައި ޝަންގަން ޑިޕަލް S05 ގެ އަގަކީ މާކެޓު ޕްރައިސަކީ 16400 ޑޮލަރާ 16900 ޑޮލަރާ ދެމެދުގެ އަގެއް ކަމަށާ ދިވެހި ސަރުކާރުން 150 ކާރު ގެނަން 120 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރި ކަމަށް ހާމަކޮށްފައިވާކަން ފާހަގަކޮށް ސަލީމު ބުނެފައިވަނީ 150 ކާރުގެ އަސްލު އަގަކަށް ވާނީ 39،089،700 މިލިއަން ރުފިޔާ ކަމަށްވެސް އޭނާ ހާމަކޮށްފައެވެ.

އެހެންކަމުން ބާކީ 80،910،300 މިލިއަން ރުފިޔާއަށް ވީ ގޮތަކާ މެދު ސަލީމު ވަނީ ސުވާލު އުފައްދާފައެވެ.  އަދި އެކަން ތަފްސީލުކޮށް ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާ އެމްޓީސީސީގެ ކިބައިން އެދިފައިވެއެވެ.

ސަލީމުގެ މިވާހަކައަށް އިޝާރާތްކުރައްވާ މަލީހު ވަނީ، އެކަމުންވެސް ސަރުކާރުން 80 މިލިއަން ރުފިޔާ ކާލާފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުއާ ބައިވެރިންވެސް ވައްކަން ކުރުން ނޫންކަމެއް ދައުލަތުގެ ތެރެއިން ނުކުރާކަމަށް ދޭހަވާ ފަދަ މޭރުމަކުން މަލީހު ވަނީ ލިޔުއްވާފައެވެ.

ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބުދީ ކަންކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެދި ގޮވާލަމުން މަލީހު ވަނީ މުއއިްޒުއާ ސާޖިދާ ނޫން ގޮތެއް މިހާރު ގައުމަށް ހޯދަން ވެއްޖެ ކަމަށް ވިދާޅުވެފައެވެ.

ކަންކަން ހާމަކުރަން ކެރިވަޑައިނުގަންނަވާ ނަމަ ރައީސް މުއިއްޒު އިސްތިއުފާ ދެއްވާ ގެއަށް ވަޑައިގެންނެވުމަށްވެސް މަލިހު ގޮވާލައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved