
ސަހްޔޫނީ އަސްކަރިއްޔާއިން މަސްޖިދުލް އަޤްޞާ ބަންދުކުރުމަށްފަހު، ބުރާސްފަތި ދުވަހު އަލުން ހުޅުވުމަށް ރާވަމުން އަންނަ ކަމަށް ރިޕޯޓްކޮށްފިއެވެ.
މަސްޖިދުލް އަޤްޞާ ހުޅުވަން ނިންމާފައިވަނީ މި ބުރާސްފަތި ދުވަހުގެ ފަތިސް ނަމާދުގެ ވަގުތަށެވެ.
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ފަލަސްޠީނުގެ މުސްލިމުން އަޤްސާ މިސްކިތަށް ވަނުމަށް ހުރަސްއަޅައި، ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުޞަތު ނުދީ އެތަކެއް ދުވަހު ހިފަހައްޓާފައެވެ. މިއީ މުސްލިމުންގެ އަޅުކަންކުރުމުގެ ޙައްޤަށް އަރައިގަތުމުގެ ގޮތުން އިސްރާއީލުން ހިންގި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މިސްކިތް އަލުން ހުޅުވުމުގެ މަޝްވަރާތައް ފެށިފައި މިވަނީ، އެމެރިކާއާއި އީރާނާ ދެމެދު އިއުލާންކުރި ސީސްފަޔަރ ނުވަތަ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް، މަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑައި، މުސްލިމުންނަށް އަޅުކަން ކުރުމަށް ހުރަސްއެޅުމަކީ އިސްރާއީލުން ތަކުރާރުކޮށް ކުރަމުންދާ ވަރަށް ނާތަހުޒީބު އަމަލެކެވެ.
.









