April 10, 2026
Advertisement
ސަރުކާރުގެ އިހުމާލުން އަޒާން ނިޔާވި ޚަބަރު ރިޕޯޓުކުރުމުން ވަޒީރަށް މީޑިޔާ ގޯސްވެއްޖެ
ސަރުކާރުގެ އިހުމާލުން އަޒާން ނިޔާވި ޚަބަރު ރިޕޯޓުކުރުމުން ވަޒީރަށް މީޑިޔާ ގޯސްވެއްޖެ / ރައީސް އޮފިސް

ސަރުކާރުގެ އިހުމާލުން އަޒާން ނިޔާވި ޚަބަރު ރިޕޯޓުކުރުމުން ވަޒީރަށް މީޑިޔާ ގޯސްވެއްޖެ

Apr 9, 2026, 02:42 PM
މާލެ ސިޓީ

ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ އުމުރުން އެންމެ ހަ އަހަރުގެ އަޒާން، ފީޑިންގ ޓިއުބެއް ނުލިބިގެން ނިޔާވި ހިތާމަވެރި ހާދިސާ މީޑިޔާތަކުގައި ރިޕޯޓުކުރުމުން ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމަށް އެކަން ގޯސްވެއްޖެއެވެ.

Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  އަޒާނަށް ފީޑިންގ ޓިއުބެއް ނުލިބިގެން ނިޔާވި ހިތާމަވެރި މައްސަލައިގައި ދައުލަތުގެ އިހުމާލެއް އޮތްތޯ ސުވާލުކުރުމުން، އެކަމަށް ސިދާ ޖަވާބެއް ދިނުމަށް އިންކާރުކުރައްވާ ވަޒީރު ވަނީ ބަލިމީހަކު ވަކި ސަބަބަކާ ހުރެ ނިޔާވިކަން މީޑިއާގައި ހާމަކުރުމަކީ ސިއްހީ ދާއިރާގައި އާންމުކޮށް ކުރާ ކަމެއް ނޫން ކަމަށާއި، އެފަދަ ތަފްސީލީ މައުލޫމާތުތަކަކީ މީޑިއާ ފޯރަމެއްގައި ދެއްކުން އެންމެ ރަގަޅު ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ ޖަވާބުދިނުމުން އުޒުރުވެރިވެވަޑައިގެންފައެވެ.

މައްސަލައިގެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައިވާނެ ކަމަށާއި، ހިދުމަތްތައް އިސްލާހު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ސަރުކާރު އިހުމާލު އެ ހާދިސާގައި އޮތްކަން ފޮރުވަން ވަޒީރު މަސައްކަތްކުރެއްވިއިރު، ސަރުކާރުގެ އިހުމާލު ދުނިޔެ ދޫކުރާ ފުރާނަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސަރުކާރުން ހަމަޖައްސަދޭން ޖެހޭ އާސަން، އެންސްޕާ ފަދަ ހިދުމަތްތައް ނުލިބި އެތައް ބަޔަކު ދުނިޔެ ދޫކުރަމުންދާކަމުގެ ރިޕޯޓުތައް ކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved