March 13, 2026
Advertisement
ހިންނަވަރުގައި ވަރުގަދަ ރޯގާއެއް ފެތުރެނީ، ބޭހެއް ނުލިބޭ!
ހިންނަވަރުގައި ވަރުގަދަ ރޯގާއެއް ފެތުރެނީ، ބޭހެއް ނުލިބޭ! / ޓައިމްސް އޮފް އައްޑޫ

ހެލްތު މިނިސްޓަރުގެ ރަށުގައި ރޯގާގެ ބަލިމަޑުކަމެއް ފެތުރޭއިރު، ބޭސް ނުލިބޭތީ ރައްޔިތުން ގޮތް ހުސްވެފައި!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 28, 2025, 02:48 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމުގެ އުފަން ރަށް، ޅ. ހިންނަވަރުން އަސާސީ ބޭސް ވެސް ނުލިބި ރައްޔިތުން ގޮތް ހުސްވެފައި ތިބިކަން ހާމަވެއްޖެއެވެ.

Advertisement

ޗެނަލް13 އަށް މައުލޫމާތު ހިއްސާ ކުރި ހިންނަވަރު ރައްޔިތަކު ބުނި ގޮތުގައި ހިންނަވަރުގައި ރޯގާގެ ބަލިމަޑުކަމެއް ފެތުރުން އިންތިހާއަށް އިތުރުވެފައިވާއިރު ރަށުން އެކަމަށް ބޭނުންވާ ބޭސް ނުލިބޭ ކަމަށެވެ.

އެގޮތުން ރޯގާގެ ކަންކަން އިންތިހާއަށް ގޯސްވެ ޑޮކްޓަރަށް ދައްކާ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު، ޑޮކްޓަރު ބޭސް ސިޓީގައި ލިޔެދޭ 4-5 ބޭހުން ރަށުން ލިބެން ހުންނަނީ އެންމެ 2 ބޭސް ވަރު ކަމަށެވެ.

މިއި އެރަށު ރައްޔިތުންގެ އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައަކަށްވާއިރު މިކަމުގައި ހައްލު ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް ރައްޔިތުން ބުނެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރުގެ ބަހެއް ވެސް އަދި އެސްޓީއޯގެ ބަހެއްވެސް ލިބޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ސިއްހީ ދާއިރާ އިންތިހާއަށް ކުރިއަރުވާފައިވާ ކަމަށް ސަރުކާރުން ހާމަކުރަމުންދާއިރު، ޅ ހިންނަވަރު ސިއްހީ މަރުކަޒުގެ އެމްބިއުލަންސް ހަލާކުވެފައި އޮންނަތާ ވެސް އެތައް ދުވަހެއް ވަނީ ވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved