
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދީފިއެވެ.
ނާޒިމްއާ ޣައްސާނުވެސް މަގާމުން އިސްތިއުފާ ދީފައިވަނީ އިތުރު ވަޒީރުންތަކެއް މަގާމުން ވަކިކޮށްފައިވަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެބޭފުޅުންވެސް މަގާމުން އިސްތިއުފާދިނީ ރައީސުލްޖުމްހުރިއްޔާގެ އެންގެވުމަކަށެވެ.
ސަރުކާރުގެ ކެބިނެޓުން މިނިސްޓަރުންވަކިކުރުމާ އިސްތިއުފާ ދިނުން މިއަދު ފެންނަމުންދާއިރު ސަރުކާރުގެ ބަހެއް މިކަމުގައި އަދި ނެތެވެ.



