
އެމެރިކާގެ ކަނޑުގެ ސިފައިން، އީރާނުގެ އަށް ބޯޓަކަށް ހުރަސްއަޅައި އަނބުރާ ޗައިނާއަށް ދިއުމަށް މަޖުބޫރުކުރުވުމާ ގުޅިގެން، އީރާނުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އީރާނުގެ އިސް މަސްއޫލުވެރިން ވިދާޅުވީ، އެމެރިކާގެ މިފަދަ އިސްތިޢުމާރީ ބްލޮކޭޑްތައް ކުރިއަށް ގެންދާނަމަ، ރައްދުގައި ޕާޝިއަން ގަލްފާއި، ގަލްފް އޮފް އޮމާން އަދި ރެޑް ސީ (ރަތް ކަނޑު) އެއްކޮށް ބަންދުކުރާނެ ކަމަށެވެ.
މިއީ ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރަށް އެމެރިކާއިން ކުރާ ނޭދެވޭ އަސަރުތަކަށް ދެވޭނެ ހަރުކަށި ޖަވާބެއް ކަމަށް އީރާނުން ފާހަގަކުރެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާޢުކުރުމުގައި އެއްވެސް ދުލެއް ނުދޭނެއެވެ. އަދި އީރާނުގެ ސިޔާދަތަށް އަރައިގަންނަން އުޅޭ ކޮންމެ ބާރަކާ ދެކޮޅަށް ފުރިހަމަ ބާރާއެކު ކުރިމަތިލައި، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ޤައުމުން ވަނީ ދީފައެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ވަނީ އިތުރަށް ގޯސްވެ، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާގެ އަމަލުތަކަށް އީރާނުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.










