ޣައްޒާ / އޭޕީ
ދުނިޔެ, ހަބަރު
ޢައްޒާގެ ސިއްހީ ނިޒާމް ދަނީ ފުޑުފުޑުވަމުން: ޑރ. ޖޭމްސް
Mariyam Sanaan
މަރިޔަމް ސަނާން
17 މާރިޗު 2024
ޣައްޒާ

7 އޮކްޓޯބަރު 2023 ގައި ފަލަސްތީނުގެ ޣައްޒާގެ ސިއްހީ ނިޒާމަށް ގެއްލުންތައް ލިބުނު ފަހުން އެ ނިޒާމު ރަނގަޅު ނުވާ ކަމަށް ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް އަޤްސާ ހޮސްޕިޓަލުގައި މަސައްކަތް ކުރި ޑރ. ޖޭމްސް ސްމިތު ވިދާޅުވެއްޖެއެވެ.

އިސްރާއީލް އަސްކަރިއްޔާ ޢައްޒާގައި ގަތުލު އާންމު ފެށީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހެވެ. އޭގެ ފަހުން 161 ދުވަސްވެފައިވާއިރު، ކޮންމެ ދުވަހަކުވެސް ދަނީ ޢައްޒާގެ އެތައް މިތަނަށް ހަމަލާދީ މުޔި ޢައްޒާ ފަނާ ކުރަމުންނެވެ. މި ގޮތުން ބަލި މީހުންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް އެތަންތަނުގައި ވަރަށް މަދު، އަދި ބަލި މީހުން ހުށަހަޅަނީ ޓްރޯމާއާ ގުޅުންހުރި އެންމެ ބިރުވެރި ޒަހަމްތަކާއި ޓްރޯމާއާ ގުޅުން ހުރި އެ ނޫން ސިއްހީ މައްސަލަތަކެއް ވެސް.

ސިއްހީ ހިދުމަތްދޭ ތަންތަން ވެސް ވަނީ ހަމަލާދީ ސިއްހީ ފަރުވާ ނުފޯރުކޮށްދެވޭ ވަރަށް އެތަންތަން ހަލާކުކޮށްފައެވެ.

ޣައްްޒާ އޮތް ނުރައްކާތެރި ހާލަތުން އަރައިގަތުމަށް އެހީ ލިބެމުން ދަނީ ވަރަށް މަދުންނެވެ.

ބޭނުންވާ ސާމާނާއި ވަސީލަތްތަކާއި ސްޕެޝަލިސްޓުން ފަދަ ތަކެތި ޣައްޒާއަށް ވަދެފައި ނުވާތީ ނުވަތަ އެފަދަ ތަކެތި ނުވަތަ ވަސީލަތްތައް ލިބެން ހުރި ތަނަކަށް ނުވާތީ، މިފަދަ ހަރުކަށި ހަމަނުޖެހުންތަކާއި ނާމާންކަމުގެ ހާލަތުގައި މަސައްކަތް ކުރުމަކީ ނާދިރު ކަމެއް

- ޑރ. ޖޭމްސް ސްމިތު

ލަންޑަނުގައިި ހުރެ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ

ހޮސްޕިޓަލުގެ ހާލަތު ހުރީ ކެތް ނުކުރެވޭ ހާލަތުގައި

- ޑރ. ޖޭމްސް ސްމިތު

ސްމިތު އިތުރަށް ވިދާޅުވީ، ގިނަ ފަހަރަށް ކުޑަކުދިން، ދުވާލަކު އެތައް ފަހަރަކު ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގެއްލުން ލިބި، ބުރިކޮށްލަން ޖެހޭ ހާލަތްތަކުގައި އަންނަ ކަމަށެވެ. އަދި އާދައިގެ ހާލަތްތަކުގައި މިފަދަ ޒަހަމްތަކަށް ދިގު މުއްދަތަކަށް ސްޕެޝަލިސްޓް ފަރުވާ ދޭން ޖެހޭ ކަމަށާއި އެއީ މިވަގުތު ލިބެން ނެތް ފަރުވާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved