April 25, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެއްބަސްވުމެއް އޮތަސް އިސްރާއީލަށް ދިފާއުވާން ހަމަލާދެވޭނެކަމަށް ޓްރަމްޕު ބުނެފި

Yana Shareef
ޔާނާ ޝަރީފް
Apr 24, 2026, 11:58 PM

ލުބުނާނާއި އިސްރާއީލާއި ދެމެދު ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމެއް އެކުލަވާލާފައިވީނަމަވެސް ދިފާއުވުމަށް އިސްރާއީލަށް ލުބުނާނަށް ހަމަލާދެވޭނެ ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

Advertisement

ލުބުނާނާއި އިސްރާއީލާއި ދެމެދު އެކުލަވާލާފައިވާ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން 3 ހަފްތާގެ މުއްދަތަކަށް އިތުރު ކުރުމަށް ޓްރަމްޕް ބުނެފައިވަނީ ރޭގެ ވަގުތެއްގައެވެ.

އޭގެ ފަހުން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ އަމިއްލައަށް ދިފާއުވުމަށް ލުބުނާނުގައި ހުންނަ އަމާޒުތަކަށް އިސްރާއީލަށް ހަމަލާދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ޓްރަމްޕް އެފަދައިން ބުނެފައިވާއިރު، އެއްބަސްވުމާއި ހިލާފަށް މިހާރު ވެސް އިސްރާއީލުން ދަނީ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އެގޮތުން ޓްރަމްޕް އެކަން އިއުލާނު ކުރި ފަހުން ވެސް މިއަދުގެ ވަގުތެއްގައި އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނަށް ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކުގައި ލުބުނާނުގެ އާންމުން ތިބޭ ސަރަހައްދުތަކަށް ހަމަލާދީ، އާންމުންގެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ވެސް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved