April 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ހޯރމުޒް ކަނޑުއޮޅީގައި އެމެރިކާއިން ކުރި ބްލޮކޭޑް ފޫއަޅުވާލައި އީރާނުގެ ތެޔޮ ޓޭންކަރުތައް ދަތުރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 22, 2026, 08:58 PM
މާލެ ސިޓީ

ސްޓްރޭޓް އޮފް ހޯރމުޒް ނުވަތަ ހޯރމުޒް ކަނޑުއޮޅީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގާއިމުކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ފޫއަޅުވާލައި، އީރާނުގެ ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތައް ދަތުރުކޮށްފި ކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

Advertisement

ފައިނޭންޝަލް ޓައިމްސް އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އީރާނުގެ ގާތްގަނޑަކަށް 34 ތެޔޮ ޓޭންކަރެއް ވަނީ މި ބްލޮކޭޑްގެ ތެރެއިން ކާމިޔާބުކަމާއެކު ދަތުރުކޮށްފައެވެ. މީގެ ތެރެއިން 19 އުޅަނދެއް ޕާޝިއަން ގަލްފުން ނުކުމެފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުގެ ކައިރިންނެވެ. އަދި އިތުރު 15 ބޯޓެއް އަރަބި ކަނޑުން އީރާނާ ދިމާއަށް ވަދެފައިވާ ކަމަށްވެސް އެ ނޫހުން ބުނެއެވެ.

މި ދަތުރުތަކުގެ ތެރެއިން ހަ ޓޭންކަރެއްގައި ޖުމްލަ 10.7 މިލިއަން ފީފާގެ އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ތެޔޮ ވިއްކައިގެން އީރާނަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 910 މިލިއަން ޑޮލަރު ލިބޭނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފައެވެ.

މި ހާދިސާއަކީ އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved