
އުރީދޫގެ މި އަހަރުގެ ފުރަތަމަ ކޮމިއުނިޓީ ރޯދަ ވީއްލުން ބާއްވައިފިއެވެ.
އެ ކުންފުނިން ބުނީ ހުކުރު ދުވަހު މާލޭގެ ސަލްމާން މިސްކިތުގައި ބޭއްވި ރޯދަވީއްލުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.
ކޮމިއުނިޓީ ރޯދަވީއްލުމުގެ މަގުސަދަކީ ގިނަ ބަޔަކަށް އެއް ސުފުރާ މަތީގައި ހިތްހަމަޖެހިގެން ރޯދަ ވީއްލުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ.
އުރީދޫން ބުނީ އާއިލާތަކާ ދުރުގައި ދިރިއުޅޭ މީހުންނަކީ ވެސް މުޖުތަމައުގެ މުހިންމު ބައެއްކަން އެ މީހުންނަށް ހަނދާންކޮށް ދިނުމަކީ ވެސް ކޮމިއުނިޓީ ރޯދަ ވީއްލުން ބޭއްވުމުގެ މުހިއްމު މަގްސަދެއް ކަމަށެވެ.
ރޯދަ މަހު ބާއްވާ ކޮމިއުނިޓީ ރޯދަ ވީއްލުން އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގައި ސަލްމާން މިސްކިތުގަ އެވެ. މީގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.










