May 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުގެ ވިޔަފާރިތަކަށް ޕާކިސްތާނުގެ ހުރިހާ ބަނދަރެއް ހުޅުވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 3, 2026, 06:31 PM
މާލެ ސިޓީ

ޕާކިސްތާނުގެ ހުރިހާ ބަނދަރެއް އީރާނުގެ ބޭނުންތަކަށް ހުޅުވާލާފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ. މި ނިންމުމަކީ ސަރަހައްދީ ވިޔަފާރި އާއި އިގްތިސާދީ ގުޅުންތަކަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ.

Advertisement

އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ބްލޮކޭޑް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ހާލަތާ ގުޅިގެން އީރާނުން މިހާރު ގެންދަނީ އެ ގައުމުގެ އިމްޕޯޓާއި އެކްސްޕޯޓްގެ މުހިންމު މުދާތައް ޕާކިސްތާނުގެ ބަނދަރުތައް މެދުވެރިކޮށް ދަތުރުކުރަމުންނެވެ.

ކުރިން އީރާނަށް މުދާ އެތެރެކުރުމުގެ އެންމެ ބޮޑު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަނދަރުތަކެވެ. ނަމަވެސް ހަނގުރާމައިގެ ހާލަތާއި ސަރަހައްދީ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކާއެކު، އީރާނުގެ ވިޔަފާރި މިހާރު ވަނީ ޕާކިސްތާނުގެ ބަނދަރުތަކަށް ބަދަލުވާން ފަށާފައެވެ.

މި ބަދަލުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ބެލެވޭއިރު، މިއީ ޕާކިސްތާނާއި އީރާނާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved