May 5, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުން އިރާގާއެކު އާ ބޯޑަރު ކްރޮސިންއެއް ހުޅުވަނީ؛ ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑު ގޮންޖެހުމެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 4, 2026, 08:34 PM
މާލެ ސިޓީ

އީރާނުން އަވަށްޓެރި އިރާގާއެކު އާ ބޯޑަރު ކްރޮސިންއެއް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަން ހާމަކޮށްފިއެވެ. މިއީ ސަރަހައްދީ ގުޅުންތައް ވަރުގަދަކޮށް، އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދުމަށް އީރާނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.

Advertisement

މި ނިންމުން އައިސްފައިވަނީ އީރާނާއި ޕާކިސްތާނާ ދެމެދު ބޯޑަރު ހުރަސްކޮށް، އެއްގަމު މަގުން ޗައިނާއަށް ތެޔޮ އެކްސްޕޯޓް ކުރަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. މި އާ މަގުތަކާއެކު އީރާނުގެ ވިޔަފާރީގެ މުއާމަލާތްތައް ފުޅާވެ، ބައިނަލްއަގުވާމީ މައިދާނުގައި އެގައުމުގެ ނުފޫޒު ގަދަވަމުންދާކަން ފާހަގަކުރެވެއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، އީރާނުގެ މި ހަރަކާތްތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. ޓްރަމްޕްގެ ބާރު ކެނޑެމުންދާކަމުގެ ނިޝާނެއްގެ ގޮތުގައި މިކަން ގިނަ ބަޔަކު ސިފަކުރެއެވެ.

އީރާނުން އިރާގާއި ޕާކިސްތާނު މެދުވެރިކޮށް ޗައިނާއާ ހަމައަށް ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަކީ، އެމެރިކާއިން އިސްވެ އޮވެ އަޅާފައިވާ އިގްތިސާދީ ހުރަސްތަކުން އަރައިގަތުމަށް އީރާނަށް ލިބޭ ބޮޑު ބާރެކެވެ. މީގެ ސަބަބުން ސަރަހައްދީ ބާރުތަކުގެ މެދުގައި އޮތް ގުޅުން އާ ހަރުފަތަކަށް ގޮސް، ހުޅަނގުގެ ނުފޫޒު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

މި އާ ބޯޑަރު ކްރޮސިން ހުޅުވުމާއެކު، އިރާގާއި އީރާނާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ، ދެގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ. މިއީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ފެށުން ކަމަށް މުހައްލިލުން ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved