May 5, 2026
Advertisement
.
. / ގެޓީ އިމޭޖަސް

ޓްރަމްޕްގެ އިންޒާރެއް: އީރާނުން އުންމީދު ކުރަންވީ ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތުމަށް

May 5, 2026, 01:15 AM

އީރާނާއެކު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތުމަށް އެ ގައުމުން އުންމީދުކުރަންޖެހޭނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.

Advertisement

ސްޓްރެއިޓް އޮފް ހޯމޫޒް ކައިރިން ދަތުރުކުރަމުންދިޔަ ވިޔަފާރި އުޅަނދުތަކަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނަމުންދަނިކޮށް، އެމެރިކާގެ މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އީރާނުން ހިލާފުވެފައިވޭތޯ ބަލަމުންދާ ކަމަށާއި އެކަމުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، ރޭގެ ވަގުތެއްގައި އެ ސަރަހައްދުގައި އެމެރިކާގެ ބޮޑެތި މަނަވަރުތަކެއް ހަރަކާތްތެރިވެފައިވާ ކަމަށާއި، އީރާނަށް އޮތް އެންމެ ރަނގަޅު ގޮތަކީ މި އެއްބަސްވުން ދެމިއޮތުން ކަމަށް ވިދާޅުވެ އޭނާ ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved