
ޑޮލަރުގެ މުއާމަލާތުގެ ތަފާސްހިސާބުތަކުން ފެންނަނީ ވިޔަފާރި އިތުރުވާތަން ކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވުމުން.، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ބަހުގެ ހަމަލާތަކެެއް އަމާޒުކުރައްވައިފިއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިނިސްޓަރު ސައީދު ވިދާޅުވާ ހާ މިންވަރަށް ވިޔަފާރިތައް ތިޔާގިވެ ރަގަޅުވެ ކުރިއަރާ ކަމުގައި ވަނީނަމަ ޑިވެލޮޕްމަންޓު ބޭންކު (ޑީބީއެމް) ނުހު:ުވިގެން އުޅޭ ސަބަބާ މެދު ސުވާލު އުފައްދަވަފާއެވެ. އެގޮތުން މަޖާޒީ ގޮތަކަށް މަލީހު ވަނީ، ޑީބީއެމް ނުހުޅުވިގެން އުޅެނީ އެ ބޭންކުގައި ހުރި ތިޖޫރީތައް ގިނަވުަމުންތޯ އައްސަަވާފައެވެ.
މީގެ އިތުރުން ޓީއެމްއޭ ފަދަ ބޮޑެތި ކުންފުނިތަކުން މުސާރަ ކުޑަކުރަމުން ދަނީ ވެސް އިގްތިސޯދު ރަގަޅަށް ދާތީވެސް އައްސަވާ މަލީހު ވަނީ ސައީދު ދެއްކެވި ވާހަކަތަކަށް އަމާޒުކުރައްވާ ރައްދު ދެއްވާފައެވެ.
މަލީހު މިފަދއިން ވިދާޅުވެފައިވާއިރު، ޑޮލަރު ލިބުން އިންތިހާއަށް ދަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.










